ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށް ބާސާއިން ތާވަލްގެ އެއްވަނައިގާ ހަމަޖެހިލައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 0-7 އިންނެެވެ.

ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާއިންވަނީ ވަޔަޑޮލިޑްގެ ގޯލަށް އަމާޒުކޮށް 11 ހަމަލާ ފޮނުވާލައިފައެވެ. މި މެޗުގައި ބާސާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ޖަހާ އެޓީމަށް ލީޑު ނަގައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަފީނިއާއެވެ.

އަދި މިލަނޑު ޖެހިތާ ހަަތަރު މިނެޓް ފަހުން ރޮބަޓް ލެވަންޑޯސްކީވަނީ ބާސާގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ބާސާގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑާ ޖޫލްސް ކޮއުންޑާއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ފެނިގެންދިޔައީ ބާސާއިން ހަމަލާއަށް އިސްކަން ދީގެން ކުލެމުންދިޔަ އިރު ވަޔަޑޮލިޑްއިން ބައިކޮޅަށް އިތުރު ލަނޑެއް ވަނަނުދިނުމަށް ޓަކައި ޑިފެންޑް ކުރަމުންދޔަ ތަނެވެ.

ނަމަވެސް މިއާއެކު ވެސް ބާސާގެ ހަމަލާތަށް އެޓީމަށް ހުއްޓޭގޮތެއް ނުވިއެވެ. މި މެޗުގައި ބާސާގެ ހަތަރު ވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހަައިދިން ރިފިނިއާއެވެ. އަދި އޭނާވަނީ މެޗުގެ 72 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކެއްވެސް ހަދައިފައެވެ.

ބާސާގެ ހަވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑަނީ އޮލްމޯއެވެ. އަދި ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފެރާން ޓޯރޭޒްއެވެ.

މި ކާމިޔާބީއާއެކު ބާސާ މިހާރުވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ ހަމަޖެހިލައިފައެވެ. މި ވަގުތު އެންމެ ކައިރީގައި އުޅެނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ ވިޔަރެއާލްއެވެ.