ނ. ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު އިދިކޮޅު މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވަކިވެ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ސޮއިކޮށްފިއެވެ.

އެމްޑީއޭއަށް މެންބަރުން އިތުރުކުރުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަހު ވަނީ ހަރަކާތެއް ފަށައިފިއެވެ.

އެމްޑީއޭގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، މިހާރު ނ. އަތޮޅުގައި ވަރަށް ފުޅާ ދާއިރާއެއްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަަމަށެވެ.

އެގޮތުން ހެނބަދޫ ކައުންސިލް ރައީސްގެ އިތުރުން އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ވެސް އެމްޑީއޭއާ ގުޅިފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

އެމްޑީއޭގެ ލީޑަޝިޕް ނ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގައި އަތޮޅުގެ ހުރިހާ ރަށްތަކަކުން ވެސް ގިނަ އަދަދެއްގެ މެންބަރުންތަކެއް އެމްޑީއޭއާ ގުޅެމުން ދަނީ،އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް

އައްބާސް ވިދާޅުވީ މީގެ އިތުރުން ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި މި ހަރަކާތް ކުރިއަށްގެންދިޔުމަށް ޓަކައި އެ ޕާޓީގެ ލީޑަޝިޕުން ދަތުރުކުރާނެ ކަަމަށެވެ.

މީގެ ކުރިން އައްބާސް ވިދާޅުވީ މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ

މި ހަރަކާތުގެ ތެރެއިން ހުރިހާ ރަށެއްގައި ރަށު މަޖިލިސްތައް އެކުލަވައިލާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ޕާޓީގެ އެތެރޭގެ ހިންގުން ރަނގަޅުކޮށް ހަރުދަނާކުރުމަށް ޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

އަދި އެމްޑީއޭއަކީ ރައްޔިތުންނަށް މަންފާވާ، ދެ ޖިންސުގެ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އޮތް ޕާޓީއަކަށް ހެދުމަށް ޓަކައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭ އުފެދިގެން އައީ 2012 ވަނަ އަހަރެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ރެޖިސްޓާކޮށްފައި 11 ޕާޓީއެއް އޮތް އިރު އެމްޑީއޭއަކީ ފަސް ވަނައަށް އެންމެ މެންބަރުންގެ އަދަދު ގިނަ ޕާޓީއެވެ.