31 Aug 2024, 20:24
ޔުއޭފާ އިން އަލަށް ތައާރަފް ކުރި ލީގު ފޭސް އާއެކު ޔޫރޮޕާ ލިގާއި ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގުރުއަތުލުން ބާއްވައިފިއެވެ.
މޮނާކޯގެ މޮންޓެކާލޯގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ ޔޫރޮޕާ ލީގުގަޮއި ވާދަކުރާ 36 ޓީމާއި ކޮންފަރެންސް ލީގުގައި ވާދަކުރާ 36 ޓީމުގެ ގުރުއަތުލުން ބާއްވައިފައެވެ.
މިގޮތުން މިދެ ލީގުގެ ލީގު ފޭސްގައި ވާއްދަކުރާނެ ޓީމުތަށް ވަނީ ކަނޑައެޅިގެން ގޮސްފައެވެ. ޔުއޭފާއިން ކުރިއަށް މިއޮތް ސީޒަނާއި ދިމާކޮށްވަނީ އެފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ކްލަބް ލެވެލްގެ ތިން މުބާރާތުގެ ގްރޫޕް މަރްހަލާ އުވާލާ ލީގު ފޭސްގެ ނަމުގައި އާބައެއް ތައާރަފްކޮށްފައެވެ.
ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި މިފަހަރުގެ މުބާރާތުގައި ވާއްދަކުރާ 36 ޓީމު ލީގު އުސޫލުން އަށް ޓީމަކާއި ދެކޮޅަށް އަށް މެޗު ކުޅޭނެއެވެ. މީގެތެރޭގައި ހިމެނެނީ އަމިއްލަ ދަނޑުގައި ކުޅޭ ހަތަރުމެޗާއި ރަށުން ބޭރުގައި ކުޅޭ ހަތަރުމެޗެވެ. ނަމަވެސް ކޮންފަރެންސް ލީގަށް އަނެއް ދެމުބާރާތާއި ހިލާފަށް ކުޑަ ބަދަލެއް ގެނެސްފައިވެއެވެ.
މިގޮތުން 36 ޓީމު ލީގު އުސސޫލުން ކުޅޭނީ އަށް މެޗުގެ ބަދަލުގައި ހަ މެޗެވެ. މީގެތެރޭގައި ހިމެނޭނީ އަމިއްލަ ދަނޑުގައި ތިން މެޗު އަދި ރަށުން ބޭރުގައި ތިން މެޗެވެ.
މިގޮތުން ޔޫރޮޕާ ލީގުގައި ކޮންމެ ޓީމެއް ވާދަކުރާ ޓީމުތަށް ކަނޑައަޅާފައިވަނީ 36 ޓީމު ޔުއޭފާގެ ކޮއެފިޝަންޓް ތަރުޓީމުން ހަތަރު ގްރޫޕަށް ބަހާލައި ކޮންމެ ޓީމެއް ވެސް ކޮންމެ ގްރޫޕަކަށް ނިސްބަތްވާ ދެޓީމަކާއި ބައްދަލުކުރާ އުސޫލުންނެވެ.
ކޮންފަރެންސް ލީގުގައި ކޮންމެ ޓީމެއް ވާދަކުރާ ޓީމުތަށް ކަނޑައަޅާފައިވަނީ 36 ޓީމު ޔއޭފާ ކޮއެފިޝަންޓް ތަރުތީބުން ހަ ގްރޫޕަކަށް ބަހާލައި ކޮންމެ ޓީމެއްވެސް ކޮންމެ ގްރޫޕަކަށް ނިސްބަތްވާ އެއް ޓީމާ ބައްދަލުކުރާ އުސޫލުންނެވެ. އަދި ކޮންމެ ޓީމެއް ކުޅޭ އިދިކޮޅު ޓީމުތަން ކަނޑައަޅާފައިވަނީ މިކަމަށް ހާއްސަކޮށް ޔުއޭފާއިން އުފައްދާފައިވާ ކޮމްޕިއުޓާ ސޮޕްޓްވެއާއެއް ބޭނުންކޮށްގެންނެވެ.
މިގޮތުން ޔޫރޮޕާ ލީގުގެ ޕޮޓް އެކެންގައި ހިމެނުނު 9 ޓީމު ލީގު އުސޫލުން ބައްދަލުކުރާ ޓީމު ތަކުގެ ތަފްސީލް ތިރީގައި ހާމަކޮށްލަމެވެ.
ރޯމާ
އަމިއްލަ ދަނޑުގައި: ފްރޭންކްފަޓް، ބްރާގާ، ޑީނަމޯ ކިޔެވް، އެތުލެޓިކް ބިލްބާއޯ
ރަށުން ބޭރުގައި: ޓޮޓްނަމް، އޭޒީ އަލްކްމާރު، ޔޫނިއަން އެސްޖީ، އެލްފްސްބޯގު
މެންޗެސްޓާ ޔުނައިޓެޑް
އަމިއްލަ ދަނޑުގައި: ރޭންޖާސް، ޕައޮކް، ބޯޑު/ގްލިމްޓް، ޓްވެންޓޭ
ރަށުން ބޭރުގައި: ޕޯޓޯ، ފެނެބާޗޭ، ވިކްޓޯރިއާ ޕްލެޒެން، އެފްސީއެސްބީ
ޕޯޓޯ
އަމިއްލަ ދަނޑުގައި: ޔުނައިޓެޑް، އޮލިމްޕިއާކޯސް، މިޓްޗިލަންޑް، ހޯފެންހެއިމް
ރަށުން ބޭރުގައި: ލާޒިއޯ، މެކަބީ ޓެލްއަވީވް، ބޯޑު/ގްލިމްޓް، އެންޑެލެކްޓް
އަޔެކްސް
އަމިއްލަ ދަނޑުގައި: ލާޒިއޯ، މެކަބީ ޓެލްއަވީވް، ގަލަތަސަރާއީ، ބެސިކްޓާސް
ރަށުން ބޭރުގައި: ސްލާވިއާ ޕްރާހާ، ރެއާލް ސޮސިއެޑާޑް، ގަރަބާގް، އާރުއެފްއެސް
ރޭންޖާސް
އަމިއްލަ ދަނޑުގައި: ޓޮޓްނަމް، ލިއޯން، ޔޫނިއަން އެސްޖީ، އެފްސީއެސްބީ
ރަށުން ބޭރުގައި: ޔުނައިޓެޑް، އޮލިމްޕިއާކޯސް، މަލްމޯ، ނީސް
ފްރޭންކްފާޓް
އަމިއްލަ ދަނޑުގައި: ސްލާވިއާ ޕްރާހާ، ފެރެންސްވަރޯސް، ވިކްޓޯރިއާ ޕްލެޒެން، އާރުއެފްއެސް
ރަށުން ބޭރުގައި: ރޯމާ، ލިއޯން، މިޓްޗިލަންޑް، ބެސިކްޓާސް
ލާޒިއޯ
އަމިއްލަ ދަނޑުގައި: ޕޯޓޯ، ރެއާލް ސޮސިއެޑާޑް، ލުޑޮގޮރެޓްސް، ނީސް
ރަށުން ބޭރުގައި: އަޔެކްސް، ބްރާގާ، ޑީނަމޯ ކިޔެވް، ޓްވެންޓޭ
ޓޮޓްނަމް
އަމިއްލަ ދަނޑުގައި: ރޯމާ، އޭޒީ އަލްކުމާރު، ގަރަބާގް، އެލްފްސްބޯގް
ރަށުން ބޭރުގައި: ރޭންޖާސް، ފެރެންސްވަރޯސް، ގަލަތަސަރާއީ، ހޯފެންހެއިމް
ސްލާވިއާ ޕްރާހާ
އަމިއްލަ ދަނޑުގައި: އަޔެކްސް، ފެނެބާޗޭ، މަލްމޯ، އެންޑެލެކްޓް
ރަށުން ބޭރުގައި: ފްރޭންކްފާޓް، ޕައޮކް، ލުޑޮގޮރެޓްސް، އެތުލެޓިކް ބިލްބާއޯ
މި ގުރުއަތުލުމުގައި ވާދަކުރާ ޓީމުތައް ކަނޑައެޅިގެންދިޔަ ނަމަވެސް ވާދަކުރާނެ ތަރުތީބު ޔުއޭފާއިން އާންމު ކުރުމަށް ހަމަޖެހިފައިވަނީ ފަހުންނެވެ.
ޔޫރޮޕާ ލީގުގެ އެންމެ ފުރަތަމަ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 25 ވަނަ ދުވަހެވެ. އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހެވެ.