އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އަދި ފުންނާބު އުސް ބަތަލާއިން ފަހަތަށް ޖައްސާލުމަށް ފަހު ބޭރު ޤައުމަކަށް ނިސްބަތްވާ ބަތަލާ ޖެކްލީން ފެނާންޑެޒް މުޅިން އާ ރިކޯޑެއް ޤާއިމުކޮށްފިއެވެ.

ފިލްމު އިންޑަސްޓްރީގައި ޖެކްލީން މަސައްކަތްކުރާތާ 15 އަހަރުވެފައިވާއިރު ވޭތުވެދިޔަ އަށް އަހަރު ތެރޭ ޖެކްލީންގެ ފިލްމެއް ހިޓް ވެފައެއް ނެތެވެ. ނަމަވެސް، ފިލްމީ ތަރިން ކަމަށްވާ އައިޝްވާރިޔާ ރާއި، ދީޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްރާ ފަދަ ބަތަލާއިން ފަހަތަށް ޖައްސާލުމަށް ފަހު ޖެކްލީން މި ވަނީ އަމިއްލަ ޕްރައިވެޓް ރަށެއް ގަނެފައެވެ.

އެއްވެސް ޤައުމަކުން ޕްރައިވެޓް ރަށެއް މިލްކްކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންކަމުން ސްރީލަންކާއަށް ނިސްބަވްތާ ބަތަލާ ޖެކްލީން ޕްރައިވެޓް ރަށެއް މިލްކުކުރި ޚަބަރާ އެކު ވަރަށް ގިނަ ބަޔަކަށް މިއީ ބޮޑު ޚަބަރަކަށްވިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖެކްލީން ޕްރައިވެޓް ރަށެއް ގަނެފައިވަނީ އަމިއްލަ ޤައުމު ސްރީލަންކާގެ އައްސޭރިފަށުން 2012ވަނަ އަހަރުގެ ތެރޭގައެވެ. އެއީ، ޖެކްލީންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ، "މާޑާ2"، "ހައުސްފުލް 2" އަދި "ރޭސް2" ރިލީޒްކުރި ދުވަސްވަރެވެ.

އެއަށް ފަހު ޖެކްލީން ކުޅުނު ފިލްމުތައް ކަމަށްވާ "ރޭސް2" އަދި "ކިކް" ވެސް ބޮޑު ކާމިޔާބީއެއް ހޯދިއިރު 2014ވަނަ އަހަރާ ހަމައަށް ޖެކްލީންއަކީ ފިލްމު އިންޑަސްޓްރީގައި ބޮޑު އާމްދަނީއެއް ލިބުނު ބަތަލާއެކެވެ. ޖެކްލީން 2012ވަނަ އަހަރު މިލްކުކުރި ޕްރައިވެޓް ރަށުގައި ޕްރައިވެޓް ވިލާއެއް އެޅުމުގެ ވިސްނުމެއް ގެންގުޅުނު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، ފަހުން އެ ރަށް ވިޔަފާރީގެ ބޭނުމުގައި ކުއްޔަށް ދޫކުރިކަމެއް ކަށަވަރުނުވާއިރު މި ޕްރައިވެޓް ރަށުގެ އަގު 600 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު، އެ ރަށް ގަތުމަށް ފަހު އެ ރަށުގައި ކުރީ ކީއް ކަމެއް ނުވަތަ ވިޔަފާރި ބޭނުމަށް ބަޔަކަށް ކުއްޔަށް ދިނީ ކަމެއް ވެސް ސާފެއް ނޫނެވެ.

އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއިންގެ ތެރޭ އައިޝްވާރިޔާ ރާއީ، ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަދުކޯން، ކަރީނާ ކަޕޫރު، ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ހިމެނޭއިރު މިއިން އެއްވެސް ބަތަލާއަކީ އަމިއްލަ ޕްރައިވެޓް ރަށެއް މިލްކިއްޔާތުގައި ނެތް ބަތަލާއިންނެވެ.

އެހެންކަމުން ބޭރު ޤައުމަކުން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށް އާމްދަނީ ހޯދަމުން އަންނަ ބަތަލާއަކު އަމިއްލަ ޕްރައިވެޓް ރަށެއް މިލްކު ކުރުމަކީ އާދައިގެ ކަމެއް ނޫންކަމަށް ރިޕޯޓުތަކުން ވަނީ ސިފަކޮށްފައެވެ. މިދިޔަ އަހަރު ފިލްމު "ސެލްފީ"އިން ފެނުނު ބަތަލާ އެންމެ އަވަހަށް ދެން ބެލުންތެރިންނަށް ފެންނާނީ ހެއްވާ މަޖާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އިންނެވެ.