މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅެނީ މ. މިރިހިމާ ގޭގައެވެ. އެގޮތުން އެ އަންހެން މީހާ ހިފަހައްޓައިގެން ގެންގުޅެމުން އަންނަނީ އޭނާ ގައިގައި ވަޅި ޖައްސައި، ބިރުދައްކައިގެންނެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި އިރުކޮޅެއް ފަހުން އެ ގެއިން އަންހެން ނެރެ، އެ މީހާގެ ސައިކަލު ކަމަށް ބެލެވޭ ސްކޫޕީ ސައިކަލެއްގައި އޭނާ ބައިންދައެވެ.

އަދި ކަޅު ގަމީހެއް ލައިގެން ހުރި ފިރިހެނަކު ސައިކަލު ފަހަތުގައި އިށީނދެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައެެވެ. އެއާއެކު މިހާރު އެ މީހުން އެ ތަނުން ގޮސްފައިވާކަމަށް "ސަން"އަށް ވަނީ އެނގިފައެވެ.

އަޕްޑޭޓް:

މިހާރު ފުލުހުން ވަނީ އަންހެން މީހާ ހިފަހައްޓައިގެން ހުރި ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން، ފުލުހުން ބުނީ އެ ކަން ބަލަމުން އަންނަ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.