26 Jun 2012, 13:13
ޅ. ކުރެންދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 33 އަހަރުގެ އެ މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުވާ އެއްޗެއް އަޅާފައިހުރި ބްލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނުނު ކަމަށާއި އޭނާ ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކުރެންދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އެމީގެ އަތުން ފެނުނީ އްޔަރު ކޮށްގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު އެއްލާލި ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.
ނައިފަރު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށަށް މަސްތުވާތަކެތި ގެންދާ މަސައްކަތް ކުރާ މީހުން އަތުލައިގަތުން ވަނީ އިތުރުވެފަ އެވެ.