29 Aug 2024, 11:21
ކުޅޭ އެއްޗެހި އުފައްދާ ޑެންމާކުގެ ކުންފުނި، ލެގޯގެ އުފެއްދުންތަކުގައި ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރަން ނިންމައިފިއެވެ.
ތެލުގެ ބަދަލުގައި ބޭނުންކުރާނީ އަގުބޮޑު، އިއާދަ ކުރެވޭ ޕްލާސްޓިކު ކަމަށާއި އެ މަސައްކަތް 2032 ވަނަ އަހަރު ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި އެކަން ކުރަން ފަށަން ނިންމާފައި ވަނީ ދިގު މުއްދަތަކަށް ސަޕްލައި ހޯދުމަށް ޕްރޮޑިއުސަރުންނާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުއެވެ.
ލެގޯގެ ސީއީއޯ ނީލްސް ކްރިސްޓިއަންސަން ވިދާޅުވި ގޮތުގައި އާ އުސޫލުގެ މާނައަކީ ލެގޯ ބްރިކް އުފެއްދުމުގެ ޚަރަދު ވަރަށް ބޮޑަށް އިތުރުވުމެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ލެގޯ ސަޕްލައި ކުރާ ފަރާތްތަކުން ޕްލާސްޓިކް އުފެއްދުމުގައި ވާޖިން ފޮސިލް ފިއުލްގެ ބަދަލުގައި ބޭނުންކުރަނީ ކެއްކުމުގައި ބޭނުންކުރާ ތެޔޮ ނުވަތަ އުކައިލައިފައި ހުންނަ ސަރުބީ ފަދަ ބަޔޯ ވޭސްޓްގެ އިތުރުން ރީސައިކަލް ކުރާ ޕްލާސްޓިކް ތަކެއްޗެވެ.