26 Aug 2024, 18:52
މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ކޯސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން ނިންމައިފިއެވެ.
އެމްއެންޔޫއިން ކުރި އިއުލާނެއްގައިވަނީ މި ކޯސްތަކަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެ ގޮތުން މިއަދުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް މި ކޯސްތަކަށް އެދި ހުށަހެޅޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޯލޮޖީ (ދަނޑުވެރިކަމާބެހޭ ކޯސްތައް):
އެޑްވާންސްޑް ސެޓްފިކެޓް އިން ހޯޓިކަލްޗާ - ފުލްޓައިމް (ބްލެންޑެޑް) –މާލެ، ލ. ގަން، ސ. ހިތަދޫ
އެޑްވާންސްޑް ސެޓްފިކެޓް އިން މަޝްރޫމް ކަލްޓިވޭޝަން - ފުލްޓައިމް (ބްލެންޑެޑް) ހދ. ކުޅުދުއްފުށި
އެޑްވާންސްޑް ސެޓްފިކެޓް އިން ޕޯލްޓްރީ ފާމިން - ފުލްޓައިމް (ބްލެންޑެޑް) ސ. ހިތަދޫ
ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް (މަސްވެރިކަމާބެހޭ ކޯސްތައް)
ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިން ގައިޑިން - ފުލްޓައިމް (ބްލެންޑެޑް) މާލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ
- ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން
- ނޭޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން
- ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން
މި ކޯސްތަކާއި ގުޅޭ މަޢުލޫމާތު އެމްއެންޔޫގެ ވެބްސައިޓުން ފެންނަން ހުންނައިރު، ކޯސްތަކަށް އެދި ހުށަހެޅުމަށް ވެސް ހަމަޖެހިފައިވަނީ އޮންލައިންކޮށްportal.mnu.edu.mvގައިވާ ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު މެއިލް ކުރުމުން އަދި 1445އަށް ގުޅުމުން ލިބޭނެ ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.
މިދިޔަ ޑިސެމްބަރު މަހު ފިޝަރީޒް މިނިސްޓްރީން އެމްއެންޔޫއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް މި ހިނގާ އޮގަސްޓު މަހު ފިޝަރީޒް ކޮލެޖުގެ ކޯސްތައް ފަށާނެ ކަމަށް އިއުލާން ކުރިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ ފިޝަރީޒް ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް ގާއިމުކުރާނެ ކަމަށެވެ.
ފިޝަރީޒް ކޮލެޖެއް ގާއިމްކޮށް، އެ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމް ކުރައްވާނެކަން އެ މަނިކުފާނު ހާމަކުރެއްވީ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ގިނަ ބަޔަކު އިހު ޒަމާނުން ފެށިގެން މަސްވެރިކަން ކުރި ނަމަވެސް އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ މީހުން ނިސްބަތުން ވަރަށް މަދެވެ.