26 Jun 2012, 09:56
އިސްލާމީ މަރުކަޒުގައި ބަހައްޓާފައި ހުރި ޚައިރާތު ފަންޑް ފޮށިން ރޭ ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަގައި ފުލުހުން ރޭ ހައްޔަރު ކުރީ ގ. މުލެޓް، އަލީ މުތައްހަރު އާއި ތ. ގުރައިދޫ، ތިބުރޯޒުގޭ، މުހައްމަދު ސަމާހު އެވެ.
މަންޒަރުދުށް މީހަކު ބުނީ ރޭ 11:15 އެހާކަންހާ އިރު ފުލުހުން އެ ދެ މީހުން ހައްޔަރު ކުރީ އިސްލާމީ މަރުކަޒުގައި ހުންނަ މިސްކިތަށް ވަދެވަދެ ތިއްބައި ކަމަށާއި އެ ވަގުތު އެ ދެ މީހުންގެ އަތުގައި މަރުތޭލެއް ވެސް އޮތް ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ހުންނަ ޚައިރާތު ފަންޑު ފޮށިން ރޭ ވައްކަންކުރަން އުޅުމުގެ ތުހުމަތު ކުރެވިފައިވާ އިރު މިދިޔަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރު ވެސް އެ ފޮށިން ވައްކަން ކުރި މީހަކު ހަ މަސް ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހުކުމް ކޮށްފަ އެވެ.