ކުޑަކުއްޖެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ގދ. ގައްދޫ، ދިލާވަރުގެ، ޝަފުރާ އަބްދުﷲ އާދަމެވެ. އޭނާގެ އުމުރުން 25 އަހަރެވެ.

މިއީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.

މި މައްސަލާގައި ފުލުހުން އިއުލާނުކޮށްފައި ވަނީ، ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް އެ އަންހެން މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

ފުލުހުން ބުނީ މި މައްސަލާގައި އޭނާ ހާޒިރުކުރަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.

އެގޮތުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް އަންނަ ސެޕްޓެމްބަރު ދެވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.