އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި، ސެޕްޓެންބަރު ފަހެއްވާ ބުރާސްފަތި ދުވަސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.

މިމަހުގެ 13ވަނަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ނިންމެވިއެވެ. އެ ދުވަސް ބަންދުކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

ގައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު ޕޯޗްގީޒު އިސްތިއުމާރުން ދިވެހި ގައުމުގެ ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ރައްޔިތުން ސަލާމަތްކޮށް ދެއްވި ހާދިސާއަށެވެ. އެ ހާދިސާ ހިނގާފައި ވަނީ އެކެއް ރަބީއުލްއައްވަލް 981 ގައެވެ.