މަހުރަމަކާއެކު ޖިންސީގުޅުމެއް ހިންގަން އުޅުނު މީހަކު ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައި ވަނީ، މާލެއަށް އުފަން ފިރިހެނެކެވެ.

އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ، ޖިންސީ ކުށުގެ ޤާނޫނުގެ 22ވަނަ މާއްދާ، (މަހުރަމަކާ އެކު ޖިންސީގުޅުން ހިންގަން އުޅުމުގެ ކުށު)ގެ ދަށުންނެވެ.

މުޖުތަމައުގެ އަޚްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑްކޮށްފައެއް ނުވެއެވެ. ނަމަވެސް، މައްސަލައިގެ ޚުލާސާ ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ހުކުމްކޮށްފަިއ ވަނީ، މި މައްސަލައާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކުރުމަށްފަހުގައެވެ.

ޖިއްސީގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ގިނަ އެއް މައްސަލައެވެ.

މަހުރަމުންގެ ގޮތުގައި ބެލެވެނީ ތިމާއާ ލޭގެގޮތުން އެންމެ ގާތް މީހުންނެވެ. އޭގެތެރޭގައި:

  • މަންމަ، ބައްޕަ

  • މާމަ، ކާފަ
  • އެއްބަނޑުއެއްބަފާ މީހުން
  • ދަރިން، ދޮން ދަރިން
  • ދަރިންގެ ދަރިން
  • ބޮޑުދައިތަ، ބޮޑުބޭ
  • ފިރިހެން ދަރިން ކައިވެނިކުރި އަންހެނުން