25 Jun 2012, 17:01
ގެއެއްގެ ބެލްކަނީގައި ތާށިވެފައި ހުރި އަންހެނަކު އެމްްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ މެންދުރު ހިނގި މި ހާދިސާގައި ހ. އެލްނިލަމްގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏެއްގައި ތާށިވެފައިވަނީ އެބައިގައި ދިރިއުޅޭ މެދު އުމުރުގެ އަންހެނެއް ކަމަށެވެ.
އެ އަންހެންމީހާ ބެލްކަނީގައި ތާށިވެ ނުނުކުމެވެގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެެފަށް ލިބުމާއެކު އެމްއެންޑީއެފްގެ ރެސްކިއު ޓީމް އެގެއަށް ދިޔައިރު ބެލްކަނި ހުރީ ތަޅުލެވިފައި ކަމަށާއި އެވަގުތު ބެލްކަނީގެ ތަޅުދަނޑި ވެސް ނުފެނުނު ކަަަމަށެވެ.
"ސިފައިން ދިޔައިރު އޭނާ ހުރީ ގޭތެރެއަަށް ވަދެވޭނެ ގޮތް ނެތިފައި، ބޭރަށް ވެސް ނުފޭބިފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން އެއަންހެން މީހާ ބެލްކަނި ބާލާފައިވަނީ އެގޭގެ ބޭރަށް ހަރުގަނޑެއް ގެންގޮސްގެން އެ ހަރުގަނޑު ބޭނުންކޮށްގެނެވެ. މި ހާދިސާގައި އަންހެން މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.