މާލޭގެ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަމާ ގުޅުވައި އެމްއެންޑީއެފުން ބުނީ، މިރޭ 21:59 ހާއިރު މ. ކަނޑަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން، މި ހާދިސާ ހިނގީ އިލެކްޓްރިކް ޑީބޯޑެއްގައި ރޯވެގެން ކަމަށާއި މި ހާދިސާގާއި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލު ހިއްސާކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ ކ. ތިލަފުށީ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.