އެކާވީސް ވަނަ ގަރުނުގެ އިންތިޚާބުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމާ ބެހޭގޮތުން ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކެނެޑާގެ ޓޮރޮންޓޯއަށް ފުރާވަޑައިގެންފި އެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އޮންނަ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފުއާދު ފުރާވަޑައިގެންފައި ވަނި މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ. ކޮންފަރެންސްގެ ސެޝަނެއްގައި ފުވާދު (ފޮޓޯ) ޗެއާ ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އިލެކްޝަނުން ބުނީ އެ ކޮންފަރެންސްގައި އިންތިޚާބުތައް މިނިވަން އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށާއި އިންތިޚާބީ މަސައްކަތްތަކާއި ނަތީޖާއާ މެދު ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުންނާއި އާންމުންގެ އިތުބާރު ވަރުގަދަ ކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުންން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އިންތިޚާބުތަކުގައި ޓެކްނޮލޮޖީގެ ދައުރާ ބެހޭގޮތުން ފުޅާކޮށް މަޝްވަރާ ކުރުން އޮންނާނެ ކަމަށެވެ.