20 Aug 2024, 18:45
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކަށް ހަގީގީ ކުރިއެރުމެއް ލިބި، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދެވެންދެން ސްކޮޓްލޭންޑު ސަރުކާރުން އިސްރާއީލުގެ ސަފީރުންނާ ބައްދަލުނުކުރަން ނިންމައިފިއެވެ.
ސްކޮޓްލޭންޑުގެ އެކްސްޓާނަލް އެފެއާޒް ސެކްރެޓަރީ އެންގްސް ރޮބަޓްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޣައްޒާގެ މައްސަލައިގައި ހަގީގީ ކުރިއެރުމެއް ނުލިބެނީސް އިސްރާއީލާ އެކު އިތުރު ބައްދަލުވުމަކަށް ދޭ ދައުވަތެއް ބަލައިނުގަންނާނެ ކަމަށެވެ.
އޭނާ އެ ބަޔާން ނެރުއްވީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރޮބަޓްސަން އިނގިރޭސިވިލާތަށް ވަޑައިގެން އިސްރާއީލުގެ ޑެޕިއުޓީ އެމްބެސެޑަރު ޑެނިއެލާ ގްރޫޑްސްކީއާއެކު ބޭއްވެވި ބައްދަލުވުމަކާ ގުޅިގެން ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ)ގެ ތެރޭގައި އޭނާއަށް ފާޑުކިޔުންތައް އަމާޒުވި ފަހުންނެވެ.
ރޮބަޓްސަން ވިދާޅުވީ، މިއީ އިތުރު ބައްދަލުވުމަކަށް އިސްރާއީލުން އެދިފައިވާ ދަނޑިވަޅެއްގައި އެ މައްސަލައިގައި ސްކޮޓްލޭންޑުން ނިންމައިފައިވާ ގޮތް ސާފުކޮށްދިނުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
"ޣައްޒާގައި ވަގުތުން ހަމަލާތައް ހުއްޓާލުމާއި، ރަހީނުކޮށްފައިވާ އެންމެން ދޫކޮށްލުމާއި، އިސްރާއީލަށް އިނގިރޭސިވިލާތުގެ ހަތިޔާރު ފޮނުވުމާއި، ދެ ދައުލަތުގެ ހައްލެއްގެ ތެރޭގައި މިނިވަން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ތާއީދު ކުރުމުގައި ސްކޮޓްލޭންޑް ސަރުކާރުން ދުވަހަކުވެސް ފަސްނުޖެހޭނެ،" އެ ބަޔާނުގައިވެއެވެ.