25 Jun 2012, 12:25
މެރީޑިއަމް ސާވިސަސް އާ ދެކޮޅަށް އެސްޓީއޯ އިން ކުރި 19.3 މިލިއަން ރުފިޔާގެ ދައުވާ އަނބުރާ ގެންދިއުމަށްފަހު އަލުން މައްސަލަ ހުށަހެޅުމުން މިއަދު ބާއްވަން އުޅުނު ޝަރީއަތަށް މެރީޑިއަމުން ހާޒިރެއްނުވި އެވެ.
އެސްޓިއޯއިން އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހެޅުމުން މިއަދު ބާއްވަން ހަމަޖައްސާފައި އޮތް މަޖިލިސް ތާވަލުކޮށްފައި ވަނީ ހެނދުނު 10:00 އަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމުން ޝަރީއަތަށް ހާޒިރުނުވުމުން މިއަދުގެ ޝަރީއަތް ކެންސަލް ކުރީ އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މެރިޑިއަމުން ހާޒިރު ނުވި ނަމަވެސް ޝަރީއަތް ބާއްވަން ތާވާލު ކުރުމަށްފަހު މެރީޑިއަމްއާ ޗިޓް ހަވާލު ކުރި ކަމަށެވެ.
އެސްޓީއޯ އިން މެރީޑިއަމް ސާވިސަސްއާ ދެކޮޅަށް ދައުވާ ކުރަނީ ކްރެޑިޓަށް ތެޔޮ ނެގުމަށްފަހު ފައިސާ ނުދައްކާ ކަމަށް ބުނެ އެ ފައިސާ ހޯދާށެވެ. މި މައްސަލައިގެ ޝަރީއަތް ކުރިން ހިނގަމުން ދަނިކޮށް އެ މައްސަލަ ކޯޓުން ބޭރުކުރީ އެސްޓީއޯގެ ބޯޑުން ނިންމަން ޖެހޭ ބައެއް ކަންތައްތައް ނުނިމި ހުރި ކަމަށް ބުނެ އެ ދައުވާ ބާތިލް ކޮށްދިނުމަށް އެސްޓިއޯއިން އެދިގެނެވެ.
އޭރު މައްސަލަ އަނބުރާ ގެންދިޔައިރު މައްސަލައިގެ ގިނަ އަޑުއެހުންތައް ވެސް ވަނީ ބާއްވާފަ އެވެ.