ކ. ކާށިދޫ މިސްކިތުގެ އިމާމު މަސްތުވާތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކާށިދޫ ޝަބްނަމްގެ، އުމުރުން 37 އަހަރުގެ ޣާނިމް ސަލީމް ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ކާށިދޫ މިސްކިތުގެ މުދިމު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާއިރު، ގދ. ގައްދޫއިން ވެސް ވަނީ 96 ގުރާމުގެ މަސްތުވާ ތަކެއްޗާއެކު ދިވެހި ފިރިހެނެއް އިއްޔެ ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އެރަށު ފަހާގެ، އުމުރުން 38 އަހަރުގެ އަލީ ނާސިރު ކަމަށެވެ.