19 Aug 2024, 23:10
ގޫގުލްގެ ވީޑިއޯ ކޯލިން ޕްލެޓްފޯމް، ގޫގުލް މީޓް އަޕްޑޭޓްކޮށް ހިތްގައިމު ބޭނުންތެރި އާ ފީޗާތަކެއް އެ ޕްލެޓްފޯމަށް ތަޢާރަފުކޮށްފިއެވެ.
މި އަޕްޑޭޓްތަކުގެ ސަބަބުން ޔޫޒަރުންނަށް އެޕްލިކޭޝަން ބޭނުންކުރުމުގައި މުޅިން އައު ތަޖުރިބާއެއް ލިބޭނެ ކަމަށް ގޫގުލްއިން ބުނެއެވެ. އެގޮތުން ގޫގުލް މީޓްގެ އިންޓަފޭސްއަށް ގެނައި ބަދަލުތަކުގެ ސަބަބުން ވީޑިއޯ ކޯލްތައް ފެށުމާއި ބައިވެރިވުން އަދި މީޓިންތައް ޝެޑިއުލްކުރުން ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ އިންޓަފޭސް ހުރިހާ ޑިވައިސްތަކުގައިވެސް ފެންނާނީ އެއްގޮތަކަށް ކަމަށް ގޫގުލްއިން ފާހަގަކުރިއެވެ.

އިމޯޖީތައް ބޭނުންކޮށްގެން ރިއެކްޝަން ދިނުމުގެ ފުރުޞަތުވެސް މި އަޕްޑޭޓާއެކު ލިބިގެންދާނެ --
މީގެ އިތުރުން، ފަހުގެ އަޕްޑޭޓްގައި 70 އަށްވުރެ ގިނަ ބަހުން ލައިވް ކެޕްޝަން ލިބެން ހުންނާނެއެވެ.
ސްކްރީން ޝެއަރިންގެ ފީޗާވެސް މިހާރު އަޕްޑޭޓްކޮށްފައިވާއިރު، މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކުގައި ބޭނުންކުރެވޭނެއެވެ. އަދި ބެކްގްރައުންޑް، ފިލްޓާ އަދި އެކްސެސަރީސް ފަދަ އިފެކްޓްތައް އެއްކޮށްލައިގެން ބޭނުންކުރެވޭނެއެވެ.
މީގެއިތުރުން ވެސް އިމޯޖީތައް ބޭނުންކޮށްގެން ރިއެކްޝަން ދިނުމުގެ ފުރުސަތު ވެސް މި އަޕްޑޭޓާއެކު ލިބޭނެއެވެ.
މޮބައިލް ޑިވައިސްތަކުގައި "އޮން-ދަ-ގޯ" މޯޑެއް ތައާރަފުކޮށްފައިވާއިރު، އެއް ޑިވައިސްއިން އަނެއް ޑިވައިސްއަށް ކޯލް ބަދަލުކުރެވޭނެ ފީޗާއެއްވެސް ތަޢާރަފުކޮށްފައިވެއެވެ.
މި އަޕްޑޭޓްތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހުރިހާ ޔޫޒަރުންނަށް ލިބޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.
އެންމެ ފަހުގެ ފީޗާތައް ލިބޭނެހެން، އެޕް އަޕްޑޭޓްކޮށްފައި ބެހެއްޓުމަށް ގޫގުލްއިން ވަނީ އިރުޝާދު ދީފައެވެ.