18 Aug 2024, 17:57
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ތިން ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށެވެ. ނަމަވެސް، ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅުމުގެ ފުރުސަތު އެބައޮތްކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަށް ކަމަށާއި އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑެލްއާއި، ހިންގުމުގެ ތަޖުރިބާއާއި ސީއެސްއާރު ހިމެނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެހެންކަމުން، އާބަން އައިލްގައި ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އަންނަ މަހުގެ އެއްވަނަ ދުވަހުގެ 14:00ގެ ކުރިން އީއޯއައި ހުށަހަޅަންވާނެ ކަމަށާއި އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް،[email protected]އަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި އެޗްޑީސީގެވެބްސައިޓުންލިބެން ހުންނާނެ ކަމަށާއި އެ ކޯޕަރޭޝަންގެ ނަންބަރު 1516އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން މިފަހުން ވަނީ އާބަން އައިލްގައި ތިން މެދު ފަންތީގެ ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައެވެ.