18 Aug 2024, 17:23
ފުރަތަމަ ފަހަރަށް އުރީދޫ ނޭޝަންއިން ބޭއްވި އިންޓަ އޮފީސް އީސްޕޯޓްސް މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 އޮފީހަކުން ބައިވެރިވެފައިވާއިރު، މި މުބާރާތަކީ ޓީމުތަކުގެ މެދުގައި ރަހުމަތްތެރިކަމާއި ވާދަވެރިކަން އިތުރުކޮށް، އީ ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭއްވި މުބާރާތެއް ކަމަށް އުރީދޫން ބުނެއެވެ.
މި މުބާރަތަކީ ކުޅެފައިވަނީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލްއާއި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގްގެ އިތުރުން އީއޭއެފްސީ އެވެ.
ޕަބްޖީ މޮބައިލް މުބާރާތުން ޗެމްޕިއަން ޓީމަކަށް ބީއެމްއެލް ހޮވިފައިވާއިރު، އެ ޓީމަށް ވަނީ 10،000 ރުފިޔާގެ އިނާމެއް ދީފައެވެ.

އުރީދޫ ނޭޝަންއިން ބޭއްވި އިންޓަ އޮފީސް އީސްޕޯޓްސް މުބާރާތުގެ ނަސީބުވެރިއަކާ އިނާމު ހަވާލު ކުރަނީ ---- ފޮޓޯ/ އުރީދޫ
ރަނަރަޕަށް ހުށަހެޅި 6000 ރުފިޔާ ކާމިޔާބުކޮށްފައި ވަނީ އީއެމް އެންޓްރަޕްރިޒަސްއެވެ. އަދި، މުބުރާތުގެ ތިން ވަނަ މަގާމު ކަސްޓަމްސްއިން ހާސިލްކޮށްގެން ވަނީ 3000 ރުފިޔާގެ އިނާމެއް ހޯދާފައެވެ.
މީގެއިތުރުން، މުބާރާތުގެ ޕަބްޖީ އެމްވީޕީގެ ޓައިޓަލް ކާމިޔާބުކޮށް 1000 ރުފިޔާ ފައިސާގެ އިނާމު ކާމިޔާބު ކުރީ އީއެމް އެންޓަޕްރައިޒަސްގެ އަހުމަދު އިކްރާމެވެ.
ބޭންގް ބޭންގް މުބާރާތުގެ އިނާމުތަކާއި ހާސިލްކުރި ފަރާތްތައް:
ޗެމްޕިއަން ޓީމް: މޯލްޑިވްސް އެއާ ޓްރެފިކް ސާވިސަސް (4500 ރުފިޔާ)
- ރަނަރަޕް ޓީމް: ބީއެމްއެލް (3000 ރުފިޔާ)
- ތިން ވަނަ ޓީމް: އެމްއޭސީއެލް ޓީމް 2 (1500 ރުފިޔާ)
- އެމްވީޕީ ޓައިޓަލް: މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސްގެ އައިމަން ރަޝީދު (1000 ރުފިޔާ)

އުރީދޫ ނޭޝަންއިން ބޭއްވި އިންޓަ އޮފީސް އީސްޕޯޓްސް މުބާރާތުގެ ނަސީބުވެރިއެއް ---- ފޮޓޯ/ އުރީދޫ ނޭޝަން
އެއާއެކު، އީއޭއެފްސީގެ ޗެމްޕިއަން ކަމުގެ މަގާމު ކޭ އެންޑް އެފް ހޯލްޑިންގްސްގެ ޖަނާހު މުޙައްމަދު ހާސިލްކޮށްގެން 10،000 ރުފިޔާގެ އިނާމެއް ހާސިލްކޮށްފައިވާއިރު، އީއޭއެފްސީގެ ރަނަރަޕްކަން ހާސިލްކުރީ ބީއެމްއެލްގެ އިސްމާއިލް ނަޝާއުއެވެ.
ނަޝާއުއަށް 6000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު، ތިން ވަނަ މަގާމު ހާސިލްކޮށްގެން 3000 ރުފިޔާ ހޯދީ މީރާގެ ޖައިލަމް މުޙައްމަދެވެ.