މިނިވަން ދުވަހުގެ މުނާސަބަތުގައި ދިރާގުން ކުރިއަށް ގެންދިޔަ ސޯޝަލް މީޑިއާ މުބާރާތުގެ ނަސީބުވެރިންނަށް އެ ކުންފުނިން މިއަދު އިނާމު ހަވާލުކޮށްފިއެވެ.

ދިރާގުން ބުނި ގޮތުގައި، މި މުބާރާތަކީ މިނިވަން ދުވަސް ފާހަގަކުރުމަށާއި އެ ދުވަހުގެ އުފާވެރި ރޫހު އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ މިނިވަން ދުވަހުގެ ޚާއްސަ ފޮޓޯއެއް "މިނިވަން 26" ހޭޝްޓެގާއެކު ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި ހިއްސާކޮށްގެން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ސޯޝަލް މީޑިއާ ކޮންޓެސްޓުގެ ނަސީބުވެރިއަކާ އިނާމު ހަވާލުކުރަނީ ---- ފޮޓޯ/ ދިރާގު

އެގޮތަށް ޕޯސްޓު ހިއްސާކުރި ފަރާތްތަކުުގެ ތެރެއިން ދިރާގުން ތިން ނަސީބުވެރިން ހޮވާފައިވާއިރު، ކޮންމެ ފަރާތަކަށް ވަނީ ފުޖިފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓު ކެމެރާއަކާއި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއް ހަދިޔާކޮށްފައެވެ.

ނަސީބުވެރިންނަށް ހޮވުނު ތިން ފަރާތަކީ އާމިނަތު ފަޒްލާ، އިސްމާއިލް ސައިމަން އަދި އައިމިނަތު ލީލާއެވެ.

ދިރާގުން ބުނީ، އަމާޒަކީ ޚާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު، ހިތްގައިމު ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.