ބޭންކް އޮފް މޯލްޑިވްސްގެ "ބޭންކު ފަންޑަށް" އެދި ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

ބީއެމްއެލްގެ "ބޭންކު ފަންޑަކީ" ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ތައާރަފްކުރި ފަންޑެކެވެ.

ބޭންކް ފަންޑަށް އެދި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށެއްވާ ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ.

ބީއެމްއެލްއިން 'ބޭންކް ފަންޑު ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށް ޚާއްސަކޮށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ ބީއެމްއެލްގެ .

ބީއެމްއެލްއިން ބުނީ މި ފަންޑުގެ ދަށުން ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވާނެ ކަމަށެވެ. އަދި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކު ފަންޑާ ގުޅޭ އިތުރު މައުލޫމާތުބޭންކުގެ ވެބްސައިޓްމެދުވެރިކޮށް ލިބޭނެއެވެ. މި ފަންޑު ތައާރަފުކޮށްފައި ވަނީ މިއަހަރުގެ މެއި މަހުއެވެ.