17 Aug 2024, 12:15
އައިކެއަރ އޮޕްޓިކަލްސްއިން، ހިޔާ ޓަވަރު އެކަކާއި ދެވަނަ ޓަވަރުގެ ކޮމިއުނިޓީ އެޑްމިންއާ ގުޅިގެން، ލޮލުގެ ކަންތައްތަކަށް ޚާއްސަކޮށް ސްކީރިނިން ހަރަކާތެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވައިފިއެވެ.
އެ ހަރަކާތް ބޭއްވީ އިއްޔެ 16:00އިން 20:00ގެ ނިޔަލަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރު އެކެއްގެ ގްރައުންޑު ފްލޯގައެވެ.
އެ ސެޝަންގެ ތެރެއިން، ލޮލުގެ ފެނުމާއި ސިއްހަތު ރަނގަޅުތޯ ބެލުމާއި ގްލުކުމާ، ކެޓަރެކްޓް އަދި ރެޓިނާ ރަނގަޅަށް ހުރިތޯ ޗެކްކުރުމުގެ އިތުރުން ލޮލުގެ ޚާއްސަ ޑޮކްޓަރަށް ދެއްކުން ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އައިކެއަރއިން ހިޔާ ޓަވަރެއްގައި ކުރިއަށްގެންދިޔަ ސެޝަންގެ ތެރެއިން: އެ ހަރަކާތް ބޭއްވީ އައިކެއަރ ހުޅުމާލެ ހޮސްޕިޓަލް ޕްރޮމޯޓް ކުރުމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އައިކެއަރއިން ބުނީ، އިއްޔެއަކީ ވިއްސާރަ ދުވަހެއް ނަމަވެސް، ލަފާކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް އެ ހަރަކާތަށް ލިބުނު ކަމަށެވެ.
އެ ސްކްރީނިން ސެޝަންގައި ހަރަކާތެރިވީ، ލޮލުގެ ސިއްހަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށާއި އެ ހަރަކާތަކީ އާންމުންނަށް ހިލޭ ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އައިކެއަރއިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސްކީރިނިން ސެޝަންއަކީ އައިކެއަރ ހުޅުމާލެ ހޮސްޕިޓަލް ޕްރޮމޯޓްކުރުމަށް ބޭއްވި ހަރަކާތެކެވެ.