ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) މިއަދު އަވަހާރަވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ލަންކާގައެވެ. އޭނާ ލަންކާގައި އަވަހާރަވީއިރު، މިވަގުތާ ހަމައަށް ދިރިއުޅުއްވީ ވެސް އެ ގައުމުގައެވެ.

އޭނާ އަވަހާރަވީއިރު އުމުރުފުޅުން 75 އަހަރެވެ.

ޒާހިރަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2012 ވަނަ އަހަރު އެ ޕާޓީގެ ލ. ފޮނަދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވާފައިވެއެވެ.

އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިލަފުށި ކޯޕަރޭޝަންގެ ޗެއާމަންކަން ޗެސް ކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޭނާ ވަނީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުމުގެ ތެރެއިން ހައްޔަރު ވެސް ކޮށްފައެވެ.

ޒާހިރު ފާހަގަކުރެވިފައިވަނީ، އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ، ތަފާތު ވިޔަފާރިތައް ކުރައްވާފައިވާ ކުޅަދާނަ ވިޔަފާރިވެރިއެއް ގޮތަށެވެ.