މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅަފައިހުރި 12 ޕެކެޓާއިއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރުކުރީ އުމުރުން 33 އަހަރުގެ މީހެކެވެ. ފުލުހުން އެ މީހާ ހައްޔަރުކުރީ އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން އެމީހާ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އެ ޕެކެޓްތައް ފެނިފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭގައި ހުރި މޭޒެއް މަތީގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށެވެ.

އެ މީހާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ ތަހުގީގު ކުރަމުންނެވެ.