ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭ ޚާއްސަ ލިމިޓަޑް -ޓައިމް ޕްރޮމޯޝަނެއް ދިރާގުން އިއުލާނުކޮށްފިއެވެ.

ދިރާގު 5ޖީ ޓާބޯ ވައިފައި ޕްލޭންތަކާ އެކު ކަސްޓަމަރުންނަށް އިތުބާރުކުރެވޭ 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެން ވެސް ބޭނުންކޮށްލެވޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އާ 5ޖީ ޓާބޯ 749 ނުވަތަ މަތީގެ ޕްލޭނަކަށް ސަބްސްކްރައިބްކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭނެއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނި ކަސްޓަމަރުންނަށް ތަފާތު ހިތްގައިމު އާ އޮފާތާކެއް ގެނެސްދ،ީ ފަސޭހަކަމާ އެކު އެ ފަރާތްތައް ގުޅުވާލަދިނުމަށް. އެގޮތުން ދިރާގު 5ޖީ ޓާބޯ ވައިފައިއާ އެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ޚިޔާރުކުރެވޭނެ،" ދިރާގުގެ މެނޭޖަރު އެކުއިޒިޝަންސް އެންޑް ސީއެލްއެމް ޖަނާ އިބްރާހިމް ވިދާޅުވިއެވެ.

ދިރާގުގެ 5ޖީ ޓާބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާ އެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެއެވެ. މި ޕްލޭންތަކާ އެކު ޚާއްސަ 5ޖީ ބޫސްޓާތައް ވެސް ކަސްޓަމަރުންނަށް ނެގޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ވަނީ ދާދި ފަހުން 549 ރުފިޔާގެ އާ 5ޖީ ޓާބޯ ވައިފައި ޕްލޭނެއް ވެސް ތައާރަފުކޮށްފައެވެ.

މި ލިމިޓަޑް-ޓައިމް އޮފާ ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިިޔަަލަށް ކަމަށާއި މި އޮފާ އަދި ދިރާގު 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މަޢުލޫމާތު ދިރާގުގެވެބްސައިޓްމެދުވެރިކޮށް ހޯދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.