އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު ނިސްބަތުން މަދު ވަނީ ކީއްވެކަން ދެނެގަތުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސާވޭއެއް ހަދަން ނިންމައިފިއެވެ.

މީގެ ކުރިން އެ ކޮމިޝަނުން ވަނީ ވޯޓުލާ މީހުންގެ އަދަދު ނިސްބަތުން މަދު ވަނީ އެ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތުމުން ކަމަށް ބުނެފައެވެ.

މި ސާވޭ ކުރަން ނިންމާފައި ވަނީ މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ. މިއީ މި ދުވަސް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ މީހުންގެ ނިސްބަތް މަދުވާ މައްސަލައިގައި ހަދާ ސާވޭގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން އެ ސަބަބުތަކަކީ ކޮބައިކަން ބަލައި ދެނެގަތުން ކަމަށެވެ.

އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ ފަރާތުން ދެނެގަންނަން ކޮބައިތޯ ވޯޓުލާން ނުކުންނަން މަދުވާ ބައެއް ސަބަބުތަކަކީ. ވަރަށް ތަފުސީލް ރިސާޗެއް ނޫން ނަމަވެސް އަޅުގަނޑުމެން ސާވޭއެއް ގޮތަށް އެބައި ކުރިއަށް ގެންދަން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން،އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ

އެންމެ ފަހުން ބާއްވާފައިވާ ރިޔާސީ އިންތިޚާބާއި ސިޓީ ކައުންސިލަށް މޭޔަރަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގައި ވެސް ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް މަދުކަން އީސީން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ. އަދި މި ފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި ވެސް ވޯޓުލާން މީހުން ނުކުތީ ވަރަށް މަދުންނެވެ.

އެހެންކަމުން އިންތިޚާބުތަކުގައި ވޯޓުލާން ނުކުތުމަށް މީހުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް އީސީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހާ ވެސް އެ ކަންބޮޑުވުންތައް

މީގެ ކުރިން ހަސަން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.