24 Jun 2012, 21:32
ހުސްނީ މުބާރަކްގެ ދިގު ވެރިކަމަށް ފަހު މިސުރުގައި ބޭއްވި ފުރަތަމަ މިނިވަން ރިޔާސީ އިންތިހާބު މުސްލިމް ބްރަދާހްޑުގެ ކެންޑިޑޭޓް މަރުސީ ކާމިޔާބު ކުރެއްވިކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އޭނާ އެ އިންތިހާބު ހަނި އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ، ހުސްނީ މުބާރަކްގެ ސަރުކާރުގެ ޕްރައިމިނިސްޓަރުކަން ކުރެއްވި، އަހުމަދު ޝާފިގު އާ ވާދަކޮށްގެންނެވެ.
މިސުރުގައި ވޭތުވެ ދިޔަ 60 އަހަރުގެ ތެރޭގައި ހަ ރައީސުން އިންތިހާބު ކުރި އިރު ވެސް އެ ބޭފުޅުން ވަޑައިގެންފައި ވަނީ މިލިޓަރީގެ ތެރެއިންނެވެ. މިއީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއިން އިންތިހާބު ކުރި ފުރަތަމަ އިސްލާމިސްޓް ރައީސް އެވެ.
މަރްސީ އިންތިހާބު ކުރެއްވިކަން ކައިރޯގެ ތަހްރީރު މައިދާނުގައި އިއުލާން ކުރުމާ އެކު މުޅި މައިދާން ދިޔައީ ކެކި އުތުރިއަރައިގެންނެވެ. އަދި މަގުތައް މަތީގައި މީހުންތައް ނަށައި އުފާފާޅުކުރަން ފެއްޓި އެވެ.
މަރުސީގެ ތަރުޖަމާން އަހުމަދު އަބްދުލް އަޓާ ވިދާޅުވީ "އުފާ" ލަފުޒުތަކަކުން ހާމަކުރެވޭ ވަރަށް ވުރެ ބޮޑު ކަމަށާއި "މިއީ ތާރީހީ ވަގުތު"ކޮޅެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފުރުސަތު މި ލިބުނީ ޝަހީދުންގެ ލެއިންވި ގްރުބާނީއިން،" އޭނާ ވިދާޅުވި އެވެ. "މިސުރު މިއީ ފަށާ އާ ސަފުހާތަކެއް."
އިލެކްޝަންސް ކޮމިޝަނުން ބުނީ މަރުސީ އިންތިހާބު ކާމިޔާބު ކުރެއްވީ 51.7 ޕަސެންޓް ވޯޓުންނެވެ. އޭނާ އާ ވާދަ ކުރެއްވި އަހުމަދު ޝާފިގަށް ލިބިވަޑައިގެންފައި ވަނީ 48.3 ޕަސެންޓެވެ. އިންތިހާބުގައި 51 ޕަސެންޓް މީހުން ވޯޓުމަށް ނުކުތެވެ. -- އޭޕީ