24 Jun 2012, 15:11
ހދ. ނެއްލައިދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކައުންސިލަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެމްޑީޕީގެ ޓިކެޓްގައި ނެއްލައިދޫ ރަށުކައުންސިލަށް ހޮވިވަޑައިގެންފައިވާ ރަޝީދު މިއަދު ވިދާޅުވީ ކައުންސިލަރުގެ މަގާމުން އިސްތިއުފާދެއްވަނީ އާއިލާއަށް ވަގުތުދެއްވުމަށާއި އަދި ސިއްހީ ހާލަތުހުރިގޮތުން މިވަގުތަށް އެމަގާމުގައި ހުންނެވުމަށް ދަތިވާތީ ކަމަށެވެ.
"މިވަގުތަށް ސިއްހީ ހާލަތާއި އާއިލީ ކަންކަން ހުރިގޮތުން މިފަދަ މަގާމެއްގައި ހުރެވެން ނެތިގެން މަގާމުން އިސްތިއުފާ ދިނީ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމުން އިސްތިއުފަދެއްވިކަމުގެ ސިޓީ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އިސްތިއުފާގެ ސިޓީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ފޮނުވާފައިވާ ކަމަށް ކައުންސިލުން އަންގާފައިވާ އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އާބާދީގައި 1200ކައެއްހާ މީހުން އުޅޭ ނެއްލައިދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ހަތަރު ކައުން ސިލަރުންނާއި ޑީއާރްޕީގެ ކައުން ސިލަރެކެވެ.