"އެންމެ ރީތި ދުވަހަކީ ﷲއަށް ޒިކުރުކުރުމުން ފަށާ ދުވަހެވެ. ކިތަންމެ އަވަދި ނެތި އުޅެމުންވެސް ޒިކުރުކުރުން ހަނދާން ނައްތާނުލާށެވެ. އެއީ ކުއްލި މުސީބާތްތަކާއި ސިހުރު އަދި އެސްފީނާއިންވެސް ސަލާމަތްކޮށްދޭ އައްޑަނައެކެވެ."

***

"ޑޭޑް ނެވަ ޑިސްއެޕޮއިންޓްސް....." ފަރަހްގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ. އުލްފާ އާއި ޝާނީއަށް ފަރަހްގެ ހިނިތުންވުން ފެނި އެ އެދެކުދިންގެ ގައިންވެސް ހީބިހި ނަގައިގެންދިޔައެވެ.

ފަރަހް އޭނަގެ މޫނުގެ ކުލަވަރު ބަދަލުކޮށްލީ ސިކުންތެއްގެ ތެރޭގައެވެ. ކުއްލިއަކަށް ރޮއިގެންފާ އެ ދިމާލަށް ދުއްވައިގަތީ ވިދުވަރެއްހެންނެވެ. މުޅި ތަނުގައި ފަރަހް ގެ ރުއިމުގެ އަޑު ގުގުމާލިއެވެ.

ފަރަހް ދުވަމުން އައިސް ފަހަދް އޮތް އެނދާއި އަރާ ހަމަވީ ވަގުތު ހައިޝަމް ގެ ރުޅިވެރިކަމާއެކު އޭނާ ދުރުކޮށްލިއެވެ.


"ތި އެކްޓް ޖައްސަން ދޭން އެހެން ތަނަކަށް....މިހުރިހާ ދެރައެއް އަހަރެންގެ ދަރިއަށް ލިބުނީ މީނަ އާއި ހެދި...." ހައިޝަމް ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

އެންމެންގެ ލޯ ތައް ފަރަހް އާއި ދިމާއަށް ހުއްޓުނުއިރު ފަރަހް ހުރީ ވީ ނުވީއެއް ނޭނގިފައެވެ. އެހާ ޔަގީންކަމާއި އެކު ހައިޝަމް އޭނާއަށް އެ ބަސް ބުނާނީ ކޮންމެވެސް ކަމެއް އެނގޭތީކަން ވިސްނަން އިރުކޮޅެއް ނެގިއެވެ.
" އަންކަލް އަހަރެންގެ ކުށަކީ ކޮބާތަ؟" ފަރަހް ރަކިވިއެވެ. އަދި ހައިޝަމްގެ ހިތުގައިވި ޝައްކެއް ނަމަ ފިލުވަން ބޭނުންވިއެވެ.

"މާ ހެޔޮކަމުގައި ހެދެން އުޅޭނެ ކަމެއް ނެތް.....ފަހަދް އަށް މިވަރު ކޮށްލީ ޖައިލަމްގެ އައްވާނުން....އަހަންނަށް އެވަރު އެނގޭ.....މިއީ ލައްކަ ވާހަކަ.....އަދި ކަމުގެ ތެދު ހޯދާފައި ނޫނީ ދޫނުކުރާނަން......ހަނދާންކުރާތި އަހަރެންނަކީވެސް ނުލަފާ މީހެއްކަން ދައްކާލަނަން....."އޭނަގެ ފަހު ލަފުޒުތައް ބުނެލީ ފަރަހް ގެ މޫނާއި ދިމާލަށް ތުރު ތުރު އަޅަމުންދިޔަ ޝަހާދަތް އިނގިލި ދިއްކޮށްލަމުންނެވެ. ފަރަހްގެ ދޫ ބަންދުވިއެވެ. ފަހަދް ގެ ޚިދުމަތުގައި ޑޮކްޓަރުންނާއި ނަރުހުން އަވަދިނެތި އުޅުނުއިރު އެހީވާނެ ފުރުސަތެއް ފަރަހް އަކަށް ނުލިބުނެވެ. ހައިޝަމްގެ ނުފޫޒުގަދަކަމުންނެވެ. އަދި އެތާ ތިބިހާ ބައެއް މީހުންގެ ނުރުހުމުގެ ނަޒަރުތައް ހުއްޓިފައި ހުރި ފަރަހް ގެ މޫނުން ފާޅުވީ ލަދުވެތި ކަމެވެ. އޭނާއަށް އަމިއްލަ ދިފާއު ގައި އެއްޗެއް ބުނަން ނޭނގުނު ހާލުގައި އެކަނިވެރިކަން އިހުސާސްވިއެވެ. އަނެއް ފަރާތަށް އެނބުރުނުއިރު މާޒިމް އަންނަތަން ފެނުމާއެކު ހިތުގައި އުފާވެރިކަމުގެ ކަނި ޖަހައިލިއެވެ. ދުވެފައި ކަހަލަ ގޮތަކަށްގޮސް އޭނަގެ އަތުގައި އޮޅުލައިގަންނަމުން ރޮއެގަތެވެ.

" ޑޯންޓް ޔޫ ޑެއަ......" މާޒިމް ފަރަހް ގެ އަތް ފޮޅާލި ވަގުތު ދުރަށް ޖައްސައިލެވުނުގޮތަކުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މާޒިމް ގެ ލޮލުގައިވީ ނަފްރަތު އިންތިހާއެވެ. ހީވި ފަރަހް ގައިގާ ތަޅައިގަންނަވެސް ފަސްނުޖެހޭނެ ހެންނެވެ.
" މާޒް ޕްލީޒް....." ފަރަހް ކައިރިވާން މަސައްކަތް ކުރިއެވެ. މާޒިމް ގެ ފިޔަވަޅު އެޅީ އޭނާއާއި ދުރަށެވެ.
" އަހަރެންގެ ފައި ދަށު ލެވޭ ކުނި ކޮޅުކަމުގައިވެސް ކަލޭ ނުވާނެ.....އެހާވެސް އަގެއް ނެތް މީހެއް ތިއީ.....ޔޫ ރުއިންޑް މައި ލައިފް....." މާޒިމް ދަތްކުނޑިވިކާފައި ވާހަކަ ދެއްކިއެވެ. ކައިރީ ތިބި މީހުންނަށްވެސް އަޑުއިވޭނޭ ވަރަށެވެ. މާޒިމް އެތަނުްނ ނިކުމެގެން ދާން ހިނގައިގަތުމުން ފަރަހް އޭނާގެ އަތުގައި ދެވަނަ ފަހަރަށްވެސް ހިފިއެވެ. މާޒިމް އަށް އެ ވަގުތު އަތް އިސްކުރެވުނެވެ.
" ތިހެން އަދި ނުދެވޭނެ.....އަހަރެން މިއީ ތިހާ ފަސޭހައިން މާޒް ގެ ދިރިއުޅުމުން ދުރުކޮށްލެވޭނޭ މީހެއް ނޫން.....ޔޫ ހޭވް ޓު މެރީ މީ...." ފަރަހް އާދޭސްކުރިއެވެ.
" ވޮޗް މީ ވޯކް އަވޭ......ތިއީ ހުވަފެނުންވެސް ވާނެ ކަމެއް ނޫން.....ކަލޭ ބައްޕަ ކައިރީ ރޮއެ ހޭރިގެން ކަން ކުރެވުނަސް އަހަރެން މިއީ ޖައިލަމް އެއް ނޫން......" މާޒިމް އަށް އަތް މުށްކަވާލެވުނެވެ. ފަރަހް އަށް އެވަގުތު ބުނާނެ އެއްވެސް އެއްޗެއް ނެނގި ހުރެވުނީ އޭނާގެ އެއްވެސް ރޭވުމެއް މަސައްކަތްނުކުރާތީއެވެ. މާޒިމް ލިބޭނެ ކަމުގައި ފޮނި އުއްމީދުކުރެވުމަކީ ކުށް ހީއެކެވެ. މާޒިމް އެތަނުން ނިކުމެގެން ދިޔަ ތަން ބަލަން ހުރި ފަރަހް އަށް ބިންމައްޗަށް ތިރިވެވުނެވެ. އޭނާގެ ފައިން ވާގި ދޫވާހެން ހީވިއެވެ. ގޮތް ނޭނގޭ އުދާހެއް އޭނާގެ ހިތް ފުރާލިއެވެ. މާޒިމް ހޯދުމަށް އޭނާ ނުކުރާނެ ކަމެއް ނެތެވެ. އެވަރުންވެސް މާޒިމް އޭނާއަށް ދުރަށް ނޫނީ ނުދެއެވެ. ހައްތަހާވެސް އެ ދެމެދަށް ވަންނަނީ ހުސް ކަމާއި ދުރުކަމެވެ.
" ހާދަ ޗީޕް މީހެކޭ....." ޝާނީ އެވަގުތު އުލްފާގެ ކަންފަތް ދަށުގައި ކިޔާލިއެވެ.
"ލެޓްސް ޓެލް ދަ ޓްރުތް.....މާޒް އަށް ހަގީގަތް ކިޔައިދޭން ހިނގާ.....މިއީ ހަމަ އެންމެ ރަނގަޅު ފުރުސަތު...." އުލްފާގެ އަތުގައި ހިފަމުން ޝާނީ ދާން ހިނގައިގަތް ނަމަވެސް އުލްފާގެ ފިޔަވަޅުތައް ބަރުވިއެވެ.
" އުލް...ތިހެން ބިރުން ހުރެގެން ކަމަކު ނުދާނެ.....ވީ ލޮސްޓް ވަން ލައިފް އަދިވެސް އިތުރު މީހެއް އެދަނީ މަރާއި ހަނގުރާމަ.....މިހެން ކަންތައް ވެދިޔަ ދީގެން ނުވާނެ....ނޭނގެ އެއްނު ކިހާ ފަދަ ކަމެއްކަން ފަރަހް އަދި ރާވާފަ އޮތީ.....އޭނާ އަށް މި ދުނިޔޭގަ ބާރު ދެއްވި އިލާހުގެ މަތިވެރިކަން މާބޮޑު.....ވީ ހޭވް ޓު ފިއަ ހިމް....ސުވާލު ކުރެވޭ ދުވަހެއް އަންނާނެ....." ޝާނީ ވިސްނައިދިނެވެ. މާޒިމް އާއި އެއް ހަމަ ކުރަން ދުވެފައި ދެވުނެވެ. ނޭވާ ހަމަޔަކަށް އަޅަން މަސައްކަތް ކުރަމުން އެ ދެ އެކުވެރިން މާޒިމް ހުއްޓުވިއެވެ. މާޒިމް އޭނާއަށް އެހާ ވަގުތެއް ނެތޭ ބުނެ ދާން އަވަސް ވުމުންވެސް ހުއްޓުވިއެވެ.
***
އުރުޖުވާން ކާރުގެ ސީޓުގައި އިށީނުމާއެކު އޭނާގެ މޫނު ދެއަތުގެ ތެރެއަށް ލައިގެން ގިސްލާފައި ރޯންފެށިއެވެ. ސިކުނޑީގައި ކުޅެވެމުން ދިޔައީ މާޒިމް އާއި އެކީ ހޭދަކުރެވުނު ފޮނި ހަނދާންތަކެވެ. ވީ ވައުދާ އި އަހުދުތަކެވެ.
ކާރު ގެ ދުވެލި މަޑުކޮށްލަމުން އަހުމަދު މަގުގެ އެއް ފަރާތަށް ކާރު މަޑުކޮށްލިއެވެ. އުރުޖުވާންގެ ހިތަށް ތަސައްލީއެއް ދިނުމަށް ހިތް އެދެވުނެވެ. އޭނާގެ އަތް އުރުޖުވާން ގެ ކޮނޑުގައި ބާއްވައިލެވުނެވެ.
" ހިނގާ ބައްޕައާއި އެކު ލަންޑަނަށް....." އޭނާގެ އަޑު ކުރަކިވިއެވެ." ހަޔާތް އާ ފެށުމަކުން ފަށަން...ބައްޕަ ހުރިހާ ކަމެއްވެސް ބަލަހައްޓައި ދޭނަން....އެވެސް ކަމެއް އުނި ވިޔަ ނުދޭނަން..." އަހްމަދު ޔަގީންކަން އެރުވިއެވެ. ނަމަވެސް އެ ހުށަހެޅުން ވައިގެ ތެރޭގައި ތާށިވެފައިވާހެން ހީވަނީ ފިލާނުދާނެ އިހުސާސްތަކުން ބަރުވެފައި ހުރެއެވެ. އުރުޖުވާން ގެ ހިތުގައި ވާ ރިހުމަކީ އާ ފެށުމެއްގެ ވައުދަށް މަރުހަބާ ކިޔަން ބޭނުންވާފަދަ ވޭނެއް ނޫނެވެ. މާޒިމް އާއި އެކު ވާން ނޫނީ އެ ހިތް ނޭދެއެވެ.
" މާމަ ގެ އެޕާޓްމެންޓަށް ގެންގޮސްދީ.....އައި ހޭވް ނޯވެއަ އެލްސް ޓު ބީ...." އުރުޖުވާން އެދުނެވެ. ހީވީ އަހުމަދުގެ ހުށަހެޅުމަށް ވެސް ބީރު ކަންފަތެއް ދިނީ ހެންނެވެ.
" ތިހެން ނުބުނޭ ދަރިފުޅާ.....އައިމް ހިއަ.....ޔޯ ޑޭޑް...." އަހްމަދު ބޭނުންވީ އުރުޖުވާން އަށް ހަގީގަތް ހާމަކުރުމަށެވެ. މި ފުރުސަތަކީ އެންމެ ރަނގަޅު ވަގުތުކަމުގައި އޭނާއަށް ވިސްނުނެވެ. އުރުޖުވާން ދެއަތް ތެރެއިން މޫނު ނެގިއެވެ. އަދި އަހްމަދުގެ މޫނަށް އެ ނަޒަރު ހުއްޓުނެވެ.
" ޔެސް ޔޫ އާ މައި ޗައިލްޑް....ތިއީ އަހަރެންގެ ލޭ ހިނގާ އަހަރެންގެ ދަރިއެއް....ނާވިޔާއާއި އަހަރެން ކުރި ކައިވެންޏަށް ލިބުނު އަހަރެންގެ ދަރިއެއް...." އަހްމަދު އޭނާއާއި ނާވިޔާގެ ދިރިއުޅުން ކުރުގޮތަކަށް ކިޔާލަދިނެވެ. އުރުޖުވާންއަށް އިނދެވުނީ ބަސްހުއްޓިފައެވެ. އޭނާގެ މަނަމަ ތަހައްމަލު ކުރަންޖެހުނު ހާލު އަޑުއަހަން އިނދެވުނީ ފުން ހިތާމައިގައެވެ. ޖަޒުބާތީ އިހުސާސްތަކުން ތާޒާ ކަރުނަ ގިނަވެގަތެވެ. އިސާހިތަކުން އުރުޖުވާން ގެ ކޯތާފަތް ތެންމާލިއެވެ. އަހްމަދުގެ ލޮލުން ވެސް ކަރުނަ ހިލިފައިވިއެވެ.
" ބައްޕަ އަށް މާފްކުރޭ....މިހާ ލަހުން އާދެވުނު ކަމަށްޓަކައި...." އަހްމަދަށް އުރުޖުވާން އަށް ބަލަންވެސް އުނދަގޫ ވިއެވެ. އިސްއުފުލާ ބަލާލަން ފަސްޖެހެވެނުނެވެ. އެވަގުތު އުރުޖުވާން އަހްމަދުގެ އަތު ތެރެއަށް އަތް ލިއެވެ.
" ނޫން.....ދުރުގައި ހުއްޓަސް ހުރިހާ ކަމެއް ފުރިހަމަ ކޮށްދިން... މާމަ ގެ ފަރާތުން އެއްވެސް ލޯތްބެއް އުނި ނުވޭ....އެކަމަކު ދެރަވަނީ މަންމަ އާއި ވަކިވާން ޖެހި މަންމަ ތަހައްމަލު ކުރަން ޖެހުނު ދެރައާއި މެދު....." އުރުޖުވާން އަށް އޭނާ އާއި މަންމަ ގެ ދިރިއުޅުމާއި އަޅާ ކިޔާލެވުނެވެ. ދަރިފުޅު އެހާ ފަސޭހައިން އެވާހަކަތައް ގަބޫލުކުރިކަމަށްޓަކާ އަހްމަދަށް އުފަލުން ރޮވުނެވެ. އުރުޖުވާން ގެ ހިތް އޭނާ ބައްޕަ އެއްގެ ގޮތުގައި ބަލަގަންނާނެ އޭ ހިތަކަށް ވެސް ނާރައެވެ.
" އަޅުގަނޑު.... މާޒް އަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދެން....އަޑު އިވުނީ މުޅިން ތެދު ކަމުގައި ނުވެ ވެސް ހިނަގއިދާނެ.....ދިސް އިޒް ޝުއާލި އަ ސައިން....." އުރުޖުވާން ގެ ލޮލުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. އަދި ކަރުނަ ފޮހެލައި އަހުމަދުގެ އަތަށް ބާރަށް ފިތާލިއެވެ. އޭނާގެ ލޮލުގައިވީ އުއްމީދުގެ ހުޅުކޮޅު ނިވާލާނެ ހިތްވަރެއް އަހްމަދުގެ ވެސް ނެތެވެ.
***
"ކީއްވެ ފޯނު ނެތީ؟....ދޮންބެ އާއި އުރޫޖް އަށް ގުޅަން ބޭނުން...." މަދީނާ ބޮޑާހޭކިއެވެ. ފިޤުހް ފޮތެއް ކިޔަން އިން ކެނާންގެ ސަމާލުކަން ހޯދުމަށެވެ. ކެނާން އަޑު ނިވޭ ކަމަށް ހެދުމުން މަދީނާ އެ ފޮތް ޖަހައިގަތެވެ.
"ނުދޭނަން.....ފޯނު ދީ..." ފޮތް ހިފައިގެން މަދީނާ އެތާ ތެރޭގައި ދުވިއެވެ. ފޮތަށް ގެއްލުމެއް ލިބިދާނެތީ ކެނާން އާދޭސްކުރަމުން ފަހަތުން ދުވީ މަދީނާ ވެއްޓިދާނެތީ އެކަމުގެ ބިރުވެސް ހިތުގަައި ބާއްވައިގެންނެވެ. ރުޤުޔާ ކުރުމުން އޭނާގެ ހަށިގަނޑަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މަދީނާގެ ބަރުދަން ލުއި ވެ އެހާ ރަނގަޅަށް ނުކެވޭތީ ހަށިގަނޑުގައި އެހާ ބާރެއް ވެސް ނެތެވެ. ނަމަވެސް ދުވަހެއް ދުވަހަށް އޭނާވެސް އަންނަނީ ރަނަގޅުވަމުންނެވެ. ނަމާދަށް ބަރާބަރަށް އެރުމާއި އެކު ޒިކުރުތައް ކިޔުމުގައި ފަރުވާ ބަހައްޓައެވެ. ހެދުން އެޅުންވެސް މުޅިން ބަދަލުކޮށް އަބާޔާ އާއި ބުރުގާ އަޅައިގެން ނޫނީ ގޭތެރޭގައިވެސް ނުހުރެއެވެ. އެންމެ އެދުމެއް ނޫނީ އޭނާގެ ނެތެވެ. މާޒިމް އާއި އުރުޖުވާން އާއި ވާހަކަ ދެއްކޭނޭ ފުރުސަތެކެވެ. ނަމަވެސް މަދީނާގެ މިޒާޖުގެ ގޮތުން އޭނާއަށް ކަމެއް ފޮރުވަން ނޭނގޭނެކަން އެންމެނަށް އެނގެއެވެ. އެ ސަކަރާތުގައި އުޅެމުންގޮސް މަދީނާއަށް ނުކުމެވުނީ ގެއަށް ވަން މީކާއިލްގެ ކުރިމައްޗަށެވެ. ކައްސާލައި ނުވެއްޓުނީ ކިރިޔާއެވެ. މަދީނާ ގެ އަތުގަިއ އޮތް ފޮތް މީކާއިލް ހޯދި އިރުވެސް މަދިނާ އަށް ރޭކާ ނުލައެވެ. މީކާއިލްގެ ލޮލަށް ގެއްލިފައި ހުރެވުނީއެވެ. މުޅި ތަން އެއްވަސް ކުރުވާ ފަދަ އޫދް ވަހެކެބެ. އިސްކޮޅުން ދިގު ވެފައި ރޫފަ ފިރިހެންވަންތައެވެ. ސިކުންތަކަށް ދެމީހުންގެ ނަޒަރު ދިމާވިޔަސް މިކާއިލް އޭނާގެ ބެލުން ތިރި ކުރިއެވެ.
" ޤުރުއާން ގެ އާޔަތްތައް ލިޔެވިފައި އޮތް ފޮތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ....." ކެނާންގެ އަތަށް ފޮތް ދިއްކޮށްލަމުން މިކާއިލް ބުނެލިއެވެ. މަދީނާގެ މޫނު ރަތް ވިއެވެ. އޭނާއަށް ހުރެވުނު ތަންވެސް ހަނދާން ނެތުނެވެ.

ނުނިމޭ