ފޭސް ބުކްގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އޮފިޝަލް ފޭން ޕޭޖެއް ތަޢާރަފްކޮށްފި އެވެ.

ވިކްޓަރީ މެނޭޖަރު އަހުމަދު އަޔާޒް (އަޔާ) ބުނީ، ކުލަބުގެ އޮފިޝަލް ފޭން ޕޭޖެއް ފޭސް ބުކްގައި ތައާރަފް ކުރަން ނިންމީ ކުލަބުގެ ބޯޑުން އެކަމާ މަސްވަރާ ކުރުމަށް ފަހު، އެއީ ރަނގަޅު ކަމެއް ކަމަށް ފެންނާތީވެ ކަމަށެވެ. އެހެން ކަމުން ކުލަބުގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ މެދުގައި ކުލަބާ ދޭތެރޭ އޮންނަ ލޯބި މިހާރަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އަޔާ ބުންޏެވެ.

އަޔާ ބުނީ، ކުލަބުގެ އޮފިޝަލް ފޭން ޕޭޖެއް ފޭސް ބުކްގައި ތަޢާރަފް ކުރުމުގެ އިތުރުން، ކުލަބުގެ މެންބާސިޕް ކާޑު ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން އަންނަ މަހުގެ ތެރޭގައި ކުލަބުގެ މެންބާޝިޕް ކާޑުތައް، މެންބަރުންނާ ހަވާލު ކުރާނެ ކަމަށެވެ. ފޭސް ބުކްގައި ތައާރަފް ކުރި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ލިންކަކީ www.facebook.com/VictorySportsClub އެވެ.