މެލޭޝިއާގައި ކުރިއަށްދާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމް ގަތަރާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 2-0 ލަނޑުން ބަލިވެއްޖެ އެވެ.

މެޗުގައި ރާއްޖެ ކޮޅަށް ގަތަރުން ޖެހި ދެ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ ދެވަނަ ހާފުގަ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ އިރާން، ބަހުރޭން، ތަޖިކިސްތާން، ކުވައިތު އަދި ގަތަރެވެ. މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީ ފަޅީގަ އެވެ.