ޔޫޓިއުބްގެ ކުރީގެ ޗީފް އެގްޒެކެޓިވް އަދި ގޫގުލްގެ ގިނަ ދުވަސްވީ އެގްޒެކެޓިވް ސޫޒަން ވޮޖްސިކީ ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވެއްޖެއެވެ.

ފަންސާސް ހަ އަހަރުގެ ސޫޒަން މަރުވީ ކެންސަރު ޖެހުނުތާ ދެ އަހަރު ފަހުންނެވެ.

"ސޫޒަން މަރުވި ޚަބަރު މި ހިއްސާކުރަނީ ވަރަށް ފުން ހިތާމައާއެކު. އަހަރެންގެ ލޯބިވާ އަންހެނުން އަދި އަހަރެމެންގެ ފަސް ކުދިންގެ މަންމަ މިއަދު އަހަރެމެން ދޫކޮށްލީ ދެ އަހަރު ވަންދެން ފުއްޕާމޭގެ ކެންސަރާ ހަނގުރާމަ ކުރުމަށްފަހު." ވޮޖްސިކީގެ ފިރިމީހާ ޑެނިސް ޓްރޮޕާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިދިޔަ ދެ އަހަރު ތެރޭގައި އުނދަގުލުގައި އުޅުނު ނަމަވެސް، ސޫޒަން ވަނީ ކެންސަރަށް ފަރުވާ ހޯދުމަށް ކުރާ ދިރާސާތަކަށްވެސް އެހީ ވެދީފައި ކަމަށް ގޫގްލްގެ ޗީފް އެގްޒެކްޓިވް ސުންދަރު ޕިޗާއީ ވިދާޅުވިއެވެ.

ޓެކްނޮލޮޖީ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް އަންހެނާ ކަމަށްވާ ސޫޒަން އަކީ 1999 ވަނަ އަހަރު ނިކުތް މަދު ވެބް ސާޗް ލީޑަރުންގެ ތެރެއިން އެކަކެވެ.

ގޫގުލްއިން ޔޫޓިއުބް ގަތީ 2006 ވަނަ އަހަރު 1.65 ބިލިއަން ޑޮލަރަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ޔޫޓިއުބްގެ ސީއީއޯއަކަށް ވުމުގެ ކުރިން ސޫޒަން އަކީ ގޫގުލްގެ އެޑް ޕްރޮޑަކްޓްސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓެވެ.

ނުވަ އަހަރަށް ފަހު ސޫޒަން ވަނީ 2023 ވަނަ އަހަރު ޔޫޓިއުބާ ވަކިވެވަޑައިގެން އާއިލާއަށާއި އަމިއްލަ މަސައްކަތްތަކަށް ފޯކަސް ކުރައްވާފައެވެ. އޭނާގެ ބަދަލުގައި 2008 ވަނަ އަހަރު ގޫގުލްއާ ގުޅުނު އިސް އިޝްތިހާރު އަދި ޕްރޮޑަކްޓް އެގްޒެކެޓިވް ނީލް މޯހަން ގެ މަގާމު އަދާކުރެއްވިއިރު، ސޫޒަން އޭރު ރާވާފައި އޮތީ ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފާބެޓްގެ އެޑްވައިޒަރީ ރޯލެއް އަދާކުރުމަށެވެ.