ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރަމުން އަންނަ އޭސް ހާޑްވެއާ އިން ރޯދަ މަހަށް ހާއްސަކޮށްގެން ހާއްސަ ޕްރޮމޯޝަނެއްް ފަށައިފި އެވެ.

"ރަމަޟާން ޕްރޮމޯޝަން 2012"ގެ ނަމުގައި އޭސް ހާޑްވެއާ އިން މިދިޔަ ހުކުރު ދުވަހު ފެށި ޕްރޮމޯޝަންގެ މަގުސަދަކީ އެ ފިހާރައިގެ ކަސްޓަމަރުން ރޯދަ މަހަށް ބޭނުންވާ ތަކެތި ގަންނަ އިރު ރަނގަޅު އަގުތަކަކާއި ގަންގަނަ ތަކެތިން ރަނގަޅު ޑިސްކައުންޓެއް ދިނުން ކަމަށް އެފިހާރަ އިން ބުންޏެވެ. އެގޮތުން އެފިހާރަ އިން ވިއްކާ ބައެއް ތަކެތިން 50 ޕަސެންޓާ ހަމައަށް އެ ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ފިހާރަ އިން މިއަދު ބުންޏެވެ.

ޕްރޮމޯޝަންގެ ދަށުން އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި އެކޫޕަން ބޭނުންކޮށްގެން ބައިވެރިވެވޭ ލަކީ ޑްރޯއިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ އިރު ދެ ވަނަ އަށް އަންނަ ފަރާތަކަށް ހޮންޑާ ސައިކަލެއް އަދި ތިން ވަނަ އަށް އަންނަ 1000.ރގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ.

މިޕްރޮމޯޝަންގައި ވިޔަފާރިކުރާ ފުރަތަމަ 1000 ކަސްޓަމަރުންނަށް އޭސް ހާޑްވެއާއާއި ކަލަ ބޭންކުން ދިހަ ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. ޕްރޮމޯޝަންގައި ކްލާކް އެންޑް ކިންގސްޓަން ބްރޭންޑްގެ ކުލަ ހިލޭ ލިބުމުގެ ފުރުސަތު އޮވެ އެވެ.

ހުކުރު ދުވަހު ފެށި ޕްރޮމޯޝަން ކުރިއަށް ދާނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.