09 Aug 2024, 10:52
"ނަމާދު ދޫކޮށްނުލާށެވެ. އެއީ ތިބާގެ އެންމެ ފަހު ނަމާދު ކަމުގައިވެސް ވެދާނެއެވެ. ނަމާދު ގާއިމުކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. އެއީ ގުރުއާނުގައި އަމުރުކުރައްވާފައިވާ ކަމެކެވެ."
***
"ބަލާބަލަ...އެހެރީ އަހަރުމެންގެ އިސްތިގުބާލުގަ ގާޑެއްވެސް ބަހައްޓާފަ....އެ މީހުން ތިބެނީވެސް ނުލާހިކު ސްމާޓު ކޮށް....ކަލޭ ގޮތަށް މާސްކެއް ވެސް އަޅާފަ...." ނައީމު މުރުތަސިމްއަށް އިޝާރާތްކުރަމުން އަދީނާ ގާތު ބުނެލިއެވެ. މަރްވާންއަށް ވެސް އެ އަޑު އިވުނެވެ. އަދި އެއީ ގާޑެއް ނޫންކަމަށް ބުނަން ހިނގައިގަތުމުގެ ކުރިން ނައީމުގޮސް މުރުތަސިމްއާއި އަރާހަމަކުރިއެވެ.
"އަހަރުމެން އަންނަން ވާ އިރަށް ކާއެއްޗެހި ގެނައީ ދޯ....." މުރުތަސިމް ގެ ފައި ކައިރިއަށް ރަތްކުޅުގަނޑެއް ޖަހައިލަމުން ނައީމު ބުނެލިއެވެ.
***
ބާބިލް ގައިގައި ހުރި ޒަޚަމް ތަކަށް އަރާ ތަދު އިހުސާސް ވާން ފެށީ ތެދުވެ ހެލި ފެލި ވާން ފެށުމުންނެވެ. ނަމަވެސް އަލްބާން އަށް އެކަމުގެ ހިލަމެއް ވިޔަދޭން ބާބިލް ގެ ހިތް ނޭދުނެވެ. ބާބިލް ޒަހްރާގެ އެކި އެކި ކަންކަމުގައި ވޯކްޝޮޕަށް އައިސް އުޅޭ އިރުވެސް ނުފެންނަ ތަނެއް ފެނުނު ފުރަތަމަ ފަހަރު ކަމުން އަލްބާން އާއި ސުވާލުކުރަން ގަސްތުކުރިއެވެ. ނަމަވެސް އެ ޚިޔާލު ދޫކޮށްލީ އެއީ އޭނާއާއި ބެހޭ ކަމެއް ނޫންކަމަށް އަލްބާން ދެކެފާނެތީއެވެ. އަލްބާން ބޭނުންކުރާ ތަފާތު ކޮމްޕިއުޓަ ވަސީލަތްތަކާއި ސައިކަލު ފެނި ވެސް ބާބިލް ހައިރާންވިއެވެ.
" މިއީ ވެސް ޓޮޕް ސީކްރެޓް އެއް.....މީހެއް ކައިރީ މިތަނުގެ ވާހކަ ބުނެފިއްޔާ ބާބް ވިލް ބީ އަ ފޯރެވަ ޕްރިޒަނަ ހިއަ....." އަލްބާން އަށް ބާބިލް ގެ ލޮލުގައިވި ސުވާލުތައް ކިޔާލެވުނެވެ.
" ތި ބުނީ....މިއި ވޮކްޝޮޕްއެއްނު....ފަހުން ހެދި ތަނެއް ދޯ....ބާބް ނުދެކެން މި ރޫމް ކުރިއަކުން.....ކުޑަ ވަރެއްގެ ސްޓޫޑިއޯ އެޕާޓްމެންޓްއެއް.....އަލް ގެއަށް ނުގޮސް މިތާ ދޯ އުޅެނީ ފިލާ.....އަހަރުމެން ހީކުރަނީ...." ބާބިލް ވަރަށް ހެވިފައި ވާހަކަ ދެއްކި ނަމަވެސް ފަހުން ބުނަން އުޅުނު އެއްޗެއް ވިސްނިފައި ނުކެރުނެވެ. އޭނަ ހިމޭންވީ އަލްބާން ލޯ އަލައިލި ގޮތުންނެވެ. އޭނާގެ ހަޔާތުގައި އަންހެން ކުއްޖަކަށް ނުދޭ ވަރުގެ ބޮޑު ސަމާލުކަމެއް ބާބިލް އަށް އޭނާގެ ހިތުން ދެވިފައިވާ ކަން އެ ސިކުންތު ކޮޅު ތެރޭގައި ވިސްނުނެވެ.
" ކިހިނެއްވީ.....ބިޓެއް ކައިރިޔަށް ދަނީ ކަމަށް ދޯ ހީކުރީ....ތިޔޭ ބާބް މެންގެ މައްސަލައަކީ....އަބަދުވެސް އަހަރެން ފަދަ މައުސޫމު ކުދިން ބޮލުގައި މިކަހަލަ ބަދުނާމް އެޅުވިފަ އޮންނާނީ...." އަލްބާން ފާޑަކަށް ބުނެލީ ބޯ އަރިކޮށްލަމުންނެވެ. ދެރަވިކަމަށް ހެދެމުންނެވެ.
"ނޫން...ނޫނޭ...ބާބް އެއް ނޫން...ބާބް އަބަދުވެސް ބުނަމޭ އެންމެން ގާތު އަލް އެގޮތަކަށް ނޫޅެޔޭ...." ބާބިލް އަށް ވީ މަޖާ ގޮތެކެވެ. އަތުގެ އިޝާރާތުންވެސް އެއީ އޭނާ ދެކޭ ގޮތެއް ނޫން ކަމުގައި ދެއްކިއެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ކުލަވަރު މޫނަށް ވެރިވިއެވެ.
" ބާބް ހީވީ ހަތަރު އުދަރެސް ފެނު ޖެހިފަ ހެން...." އަލްބާން ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަލްބާން ގެ ލާނެތް ކަން ވިސްނެން ހިނދުކޮޅެއް ނެގި ބާބިލް ކަޅިއަޅާލާފައި ތުން ފިއްތައިލިއެވެ.
" ހްމް ދެން ވަރަށް ފަނީ.....ބާބް ދަނީ.....ވަރަށް ލަސްވެއްޖެ....." ބާބިލް އަވަސް ވެލައި ނިކުންނަން ހިނގައިގަތުމުން އަލްބާން އަށް އޭނާގެ އަތުގައި ހިފުމަށް އަތް ދިއްކޮށްލެވުނެވެ. އަތުގައި ނުހިފެނީސް ބާބިލް އެނބުރިލާފައި ޝުކުރު އަދާކުރިއެވެ. އޭނާއަށް އެފަދަ ބޮޑު އެހީ އެއް ވެދިން ކަމަށްޓަކައެވެ. އަލްބާން އަވަހށް ނޫން ކަމަށް ހަދައި ދިއްކޮށްލެވުނު އަތް އުފުލާލާފައި އަމިއްލަ އިސްތަށިގަނޑުގައި އަތްތިލަ ހިންގައިލިއެވެ. މޫނަށް ވެރިވީ ލަދުވެތިކަމުގެ ރަތްކުލައެވެ.
" ބާބް....ހިނގަ އެކީ ދާން...." އަލްބާން ޖެހިލުންވެފައި ހުރެ އަހައިލިއެވެ. ބާބިލް އެކަމަށް އިންކާރުކުރާނެ ކަން އެނގިހުރެއެވެ.
" އުނހޫ....އެ އޯކޭ އޭ...މިތަނަކާ އެހާ ދުރެއް ނޫނެއްނު.....އެހެން ނޫނަސް މީހުންނަށް ފެނިއްޖެއްޔާ ......" ބާބިލް އިސް ޖަހައިލެވުނީ ލަދުންނެވެ. އޭނާ ފަދަ ނިކަމެތްޗަކަށް އެފަދަ ކަމެއް ހައްގެއް ނޫނެވެ. ބިރުގަންނަނީ ބަޔަކަށް ފެނިގެން ގޯސް މާނައެއް ނަގައި އަލްބާން ގެ އިއްޒަތާއި ގަދަރު ކިލަބުވެދާނެތީއެވެ.
" މީހުންނަށް ފެނިއްޖެއްޔާ ކިހިނެއް ވަނީ އޯ.....އުޑު ބޮލަށް ވެއްޓެނީތަ؟" އަލްބާން ދެއަތް ފަހަތަށް ލައި ކުޑަކޮށް ގުދުވެލިއެވެ. އިސްޖަހައިލައިގެން ހުރި ބާބިލްގެ މޫނަށް ބަލައިލީ ޖަވާބަކަށް އެދިއެވެ.
"ކިހިނެއްވީ؟ބުނެބަ މީހަކަށް ފެނިއްޖެއްޔާ ވާނެ އެއްޗެއް......އަޑުއަހަންށޭ މިހިރީ...ހްމްމްމް..." އަލްބާން ދިނީ ތޫނު ކަންފަތަކާއި ބެލުމެކެވެ. ބާބިލް ގެ މޫނު ރަތްވިއެވެ. އަލްބާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
" ހްމް....ޖަވާބެއް ނުދެނވުނެއްނު...އެހެންވީމަ ބަސް އަހައިގެން އަވަހަށް ހިނގާ...." ބާބިލް އަށް އިތުރަށް ބަހަނާ އެއް ދިނުމުގެ ފުރސަތެއް ނުދިނެވެ. އަލްބާން އޭނާގެ އަވި އައިނު އަޅާލައި ހިނގައިގަތް ވަގުތު ބާބިލްއަށް ތަންކޮޅެއް ރަގަޅަށް ބަލައިލެވުނެވެ. އަލްބާން ގެ ފިރިހެންވަންތަ ކަމަށް ހިތުން ތަޢުރީފް ކުރެވުނެވެ.
" އަސްތަޣުފިރުއްﷲ......ބާބިލް....." ބާބިލް އަށް އޭނާގެ ކޮލުގައި ޖަހާލެވުނީ ހިޔާލީ ދުނިޔެއިން ބޭރަށް އައުމަށެވެ. އޭނާއަށް އަލްބާން އާއިމެދު އެފަދަ ނަޒަރަކުން ދެކެވުނީތީ ލަދުގަތީއެވެ.
" މެޑަމް....އުރާލަިއގެން ތަ ގެންދަން ވީ؟" އަލްބާންގެ ފަހަތުގައި ހުއްޓިފައި ހުރި ބާބިލްއަށް ގޮވާލީ މަޖާ ރާގެއްގައެވެ. ބާބިލް އަލްބާން ގެ ފަހަތުން ހިނގައިގަތީ ކުޑަކުއްޖެއްހެން ބަސްއަހައިގެންނެވެ. ރަކި ހިނގުމެއްގައެވެ. ކާރުގެ ފަހަތު ސީޓު ހުޅުވާލަން އުޅުމުން އަލްބާން އެ ދޮރުގައި އަތް އަޅައި ހުޅުވުނަ ނުދިނެވެ. އަދި ކުރީ ސީޓުގެ ދޮރު ހުޅުވާލައި ބާބިލް އަށް އަތުގެ އިޝާރާތުން އިށީނުމަށް އެދުނެވެ. ބާބިލް ލަދުން މަރުވާވަރުވީ އަލްބާން ޖައްސާ މަޖާ ވައްތަރުންނެވެ. ރަތް ދޫލައިގައި ވަޑައިގަތް ބޭފުޅަކަށް ދޭ ފަދަ އިޙްތިރާމެކެވެ.
"ދެން އަލް.....ސްޓޮޕް އިޓް..." ބާބިލް ކަރު އެލުވައިލިއެވެ.
" ޔެސް ޕްރިންސެސް...." އަލްބާން ހުރީ ޖެއްސުން ކުރާ މޫޑެއްގައެވެ. އިތުރު ޖަވާބެއް ދިނުމަށް ވުރެ އވަަހށް ކާރަށް އެރުން ބުއްދިވެރިވާނެކަން ބާބިލް އަށް އެނގުނެވެ. އެހެން ނޫނަސް މީހަކަށް ފެނިދާނެތި ބާބިލް ހުރީ ވެސް ބިރުންނެވެ.
" ދެން ތި ކޮން ހާ ތަނެއް ތި ހޯދަނީ....ރިލެކްސް ބޭބް.....އައި މީން ބާބް..." އަލްބާން ގަސްތުގާ ކިޔާލި ބަސް އޮޅުވާލީ ލާނެތް ހިނިގަނޑެއްގައެވެ. ބާބިލް ހަިއރާންކަމާއެކު އޭނަގެ އަނގަ މަތީ އަތް އެޅުނެވެ. އަލްބާންއަށް އިތުރަށް މަޖާވިއެވެ.
" އޯ ނޯ....އެ ދަނީ ގެ ކައިރީ ފާތުމައިދީ....." ކާރު ދުއްވާލި ވަގުތު މަގުމަތިން މީހަކު ފެނި ބާބިލް އޭނާގެ މޫނު ފޮރުވަން މަސައްކަތް ކުރިއެވެ.
" ހްމް....ފައިތުމައިދީ ބިއުރޯ އާއި ޒުލޭހާމަނިކެ އާއި ބަދޫރާ އާއި މުުނީރާ ޓެލެކޮމްސް....މިހެން ގޮސް ކިޔާނެ ކަމެއް ނެތް.....އެ ހުރިހާ ނިއުސްކާސްޓަރުންގެ މިއަދުގެ ނޫހުގެ ފަލަ ސުރުހީ އަޅާފަ އޮންނާނީ ބާބް ގެ ވާހަކަ...." އަލްބާން މީހުންގެ ނަންތައް ކިޔާލީ ބަނދިވަރެއްހެންނެވެ.
"އަސްލުވެސްތަ؟...އަޅޭ..." ބާބިލް ހިތް ބިރުގަތެވެ. އޭނާއަށް ދެ އަތް ދެއަތާ މޮޑެލެވުނެވެ. އެވަގުތު އަލްބާން ކާރުގެ ބްރޭކް ޖެއްސިއެވެ. އަދި މަގުގެ އެއް ކަރިއަށް ކާރު މަޑު ކޮށްލިއެވެ.
"ބާބް. ޕްލީޒް....ފުން ނޭވާ އެއް.....ތިހާ ހާސް ވަނީ ކީއްވެ؟ މީހަކަށް ފެނުނަސް ކިޔާނެ އެއްޗެއް ކިޔާން ދޫކޮށްލަބަލަ.....މީހުންނަށްޓަކައި ތަ އުޅެންވީ...ނޫނީ ހެއްދެވި ފަރާތަށްޓަކައިތަ؟މީހުން ހިތް އެދޭ ގޮތަށް ނޭވާ ވެސް ނުލެވޭނެ ދެން ހަމަ އެހެންނޭ ކިޔާފަ ނޭވާ ވެސް ނުލައި ހުންނަންވީ؟ޖަސްޓް ރިލެކްސް...." އަލްބާން ބޭނުންވީ ބާބިލްގެ ހިތްހަމަޖެއްސުމަށެވެ.
" އަލް އަކަށް އަންޑަސްޓޭންޑެއް ނުވާނެ.....އަހަންނަކީ މީހަކާއި އިނދެގެން އުޅޭ މީހެއް....މިގޮތަށް ކާރެއްގަ ފެނުމުން މީހުން ދެކޭ ގޮތް ރަނގަޅެއް ނުވާނެ.....އެންޑް ދީނީ ގޮތުންވެސް....." ބާބިލް ފަހު ޖުމްލަ ބުނެލީ އަޑު މަޑުކޮށް ނަމަވެސް އޭނާއަށް ވެސް އެއީ ރަނަގޅު ކަމެއް ނޫން ކަން ގަބޫލުކުރެވެއެވެ.
" މެރީ މީ...." ދުލު ކުރީގަިއ އޮތް ބަސް ބުނެވުނީ ވަރަށް ބާރަށެވެ. ބާބިލް އަށް އަލްބާން ގެ ނަޒަރު ހުއްޓައިލީ ސިހިފައެވެ. އިންތިހާއަށް ހައިރާން ކަމާއެކުއެވެ. އަޑު އިވުނީ ރަނގަޅަށްތޯ ޔަގީންކުރުމަށެވެ. އަލްބާންގެ ލޮލުގައިވީ ސީރިއަސްކަމެވެ. ޔަގީން ކަމެކެވެ. ސަމާސާ ކަމެއް ނެތެވެ. މުޅި ތަނަށް ވެރިވެފައިވީ ހަމަ ހިމޭންކަމުން ބާބިލްގެ ހިތުގެ ވިންދު ޖަހާ އަޑުވެސް އިވެންފެށިއެވެ. އަލްބާން އަށް އޭނާއަށް ބުނެވުނު ބަހުގެ ބަރުދަން އިހުސާސްވީ ދެނެވެ. އެ ލަފްޒު އެގޮތައް ބޭރުވެދާނެ ކަމަކަށް ހީވެސް ނުކުރެއެވެ. ހިނިގަޑެއް ޖަހައިލީ އެ ސަމާސާއަކަށް ހަދާލައި ބާބިލް އަށް އެއީ އޭނާގެ ހިތުގައިވި އެދުމެއް ކަމުގައި ނޭންގުމަށެވެ. ބާބިލް ގެ ޖަވާބު އައިސްދާނެ ގޮތަކާއި މެދު ހިތް ބިރުގެންފައި ހުރެއެވެ. ބާބިލް އޭނާގެ މޭމަތީގައި އަތް އަޅާ ބާރުކޮށްލާފައި ނޭވާ ހަމަޔަކަށް އެޅުވޭތީ ބެލިއެވެ. އަދި ހެވުނެވެ.
" ހޫން....އަލް ވެސް ދޯ ދެން....ކިރިޔާ ބާބް ހާޓް ކޭކެއް ނުޖެހުނީ...." ސަކީނާ ވާހަކަ ދައްކާ ކަހަލަ ރާގެއްގައި ބާބިލް ބުނެލީ ހެމުންނެވެ. އަލްބާން ކާރު މަޑުން ދުއްވާލިއެވެ.
"ހަމަ އެހާ ބިރުވެރި ކަމަކީތަ؟" އަލްބާން އަހައިލީ ސަމާސާ ކޮށްލަމުން ނަމަވެސް ބާބިލް ގެ ހިތުގައި ވި އެއްޗެއް އެނގެން އޭނާ ކެތްމަދުވިއެވެ.
" އަލް ވާން ވި ކޮމީޑިއަން އަކަށް....." ބާބިލް އަށް ފޫން ނޭވާ އެއް ދޫކޮށްލެވުނީ އެހާ ގަދަޔަށް ހެވުނީމައެވެ.
" ވަޓްއެވަ...." އަލްބާން ފޫހިވާގޮތްވިއެވެ. އޭނާ ބޭނުންވި ފަދަ ޖަވާބެއް ބާބިލް ގެ ފާރާތުން ނުލިބުމުންނެވެ. ނަމަވެސް ހިތަށް ތަސައްލީއެއް ލިބުނީ ބާބިލްގެ މޫނަށް އުފާވެރިކަމެއް ގެނެސްދެވުމުންނެވެ.
***
"މިއީ މުރްތަސިމް...." މަރްވާން ދުވަމުން އައިސް ނައީމު އަށް ކިޔަައިދިނެވެ. ނައީމުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަދީނާއަށް ކުޑަކޮށް ހެވުނު ނަމަވެސް ކެއްސާކަމަށް ހަދާލީ ނައީމު އަށް އެފަދަ ކަމެއް ދިމާވުމުންނެވެ. މުރުތަސިމް މާސްކް ނަގާލިއެވެ. ނައީމު ލަދު ގަންނަވާނުލަން އަވަހަށް ސަލާން ކޮށްލިއެވެ. އަދި އެތެރެއަށް ވަނުމަށް މަގު ދެއްކިއެވެ.
" މާސްކް އަޅައިގެން ހުރުމުން ދޯ.....އަވަހަށް ވަދޭ އެތެރެއަށް...."
ގޭގެ ރީތިކަން ފެނި ނައީމު އާއި އަދީނާގެ ލޯބޮޑުވި އަނގަ ހުޅުވުނެވެ. އާޝޯޚުވިއެވެ. ތަނަވަސް ބޮޑު ގޭގެ ފުރިހަމަކަމުންނެވެ. އަދީނާގެ ފައި އޮޅި ނައީމު އާއި މުޑި އެރި ވަގުތު އަދީނާ ދުރަށް ކޮށްޕާލިއެވެ. އަދީނާ ނުވެއްޓި ހަށިގަނޑު ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.
"ހޫން.....ހިނގަންވެސް ނޭނގެނީތަ...." ފަހަތުގަައި ހުރި މަރްވާން އަށް އެ މަންޒަރު ފެނި އުނދަގޫވިއެވެ.
ޒަހްރާ އާއި އަހެދް ގެއަށް ވަންނަ ދޮރުކައިރީ ތިބި އިރު އަހެދް ހުރީ އިސްޖަހައިލައިގެންނެވެ. ޒަހްރާގެ މޫނު މަތީގައި ވީ ތާޒާ ހިނިތުންވުމެކެވެ.
" ބަލާބަލަ...އެހެރީ މިގޭގެ ރަނިކަމަނާ.....ބޭފުޅު އާއިލާ މީހުން ތިބޭގޮތް ނިކަން ބާލަބަލަ....ކަލެޔަށް ހުވަފެނުގައިވެސް އެފަދަ ރީތި ކަމެއް ނުލިބޭނެ.....ފަގީރު ވީމަ...." އަދީނާގެ ކަނަފަތް ދޮށުގައި ނައީމު ކިޔާލިއެވެ. އަދީނާ ބޯ ޖަހައިލެވުނެވެ. ނައީމު އަބަދުވެސް އޭނާއަކީ ދަށް މީހެއްގެ ގޮތުގައި އެކި ގޮތްގޮތަށް ސިފަ ކޮށް އަބަދު ވާހަކަ ދައްކާތީ އެއީ އާކަަމަކަށް ނުވެއެވެ. އަދީނާ ވެސް ގަބުލުކުރަނީ އެއީ ހަގީގަތް ކަމުގައެވެ.
" ބޭބެގެ ކަމަނާ.....ހާދަ އުފާ ވެއްޖެއޭ....." ނައީމު އަހެދް ފެނުމާއެކު ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. އަހެދް އަށް އޭނާގެ އަތަށް ބާރުކޮށްލެވުނެވެ.
ނުނިމޭ