ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޕޭރޯލާއި ބަލްކް ޓްރާންސްފާގެ ޚިދުމަތް ވަގުތުން ފޯރުކޮށްދިނުން މެދުކަނޑާލައިފިއެވެ.

ބީއެމްއެލްއިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރި ޕޯސްޓެއްގައި ބުނީ ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަވަރަ މެދުވެރިކޮށް ވެސް ޕޭރޯލް އަދި ބަލްކް ޓްރާންސްފާގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް[email protected]އަށް އީމެއިލްކޮށްގެން އެދުމުން، ބަލްކް ޓްރާންސްފާ އަދި ޕޭރޯލްގެ ޚިދުމަތް ޕްރޮސެސް ކޮށްދޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން އޮޅުމަކުން ބައެއް އެކައުންޓްތަކަށް ބިލިއަނުން ޑޮލަރު ޖަމާވި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފެންމަތިވިއެވެ.

މި މައްސަލައިގައި ބީއެމްއެލްއިން ބުނީ ބޮޑެތި އަދަދުތަކުން ބައެއް އެކައުންޓުތަކަށް ޑޮލަރު ޖަމާކުރެވުނީ ހިއުމަން އެރާއެއްގެ ސަބަބުން ކަމަށެެވެ. އަދި އެއީ ޕޭރޯލް ޕްރޮސެސިންގެ ބަލްކް ޕޭމަންޓަށް މި ފަހުން ގެނައި ބަދަލަކާ ގުޅިގެން ދިމާވީ ކަމެއް ކަމަށް ބޭންކުން ބުނެފައިވެއެވެ.