19:00


ޕީޖީ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން މިދިޔަ އަހަރުގެ ނޮވެންބަރު މަހާއި ޑިސެންބަރ މަހު އުނިކޮށްފައިވާ 15 ޕަސެންޓް މިދިޔަ މަހުގެ މުސާރައާ އެކު ދީފި އެވެ.


ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މިއަދު ވިދާޅުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އުނިކޮށްފައިވާ ބައި އެ މުވައްޒަފުންނަށް ދިނުމަށް ނިންމާފައި ވަނީ އުނިކޮށްފައިވާ ބައި ދިނުމަށް ޓްރައިބިއުނަލުން އެންގުމާ ގުޅިގެން ކަމަށެވެ އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލާއި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފިޔަވާ އެހެން ހުރިހާ މުވައްޒަފުންގެ މުސާރައިން ވެސް  އުނިކޮށްފައިވާ ބައި މިހާރު ދީފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.