22 Jun 2012, 13:52
ޖަކާޓާ (ޖޫން 22): އިއްޔެ ވެއްޓުުނު އިންޑޮނީޝިޔާގެ ޢަސްކަރީ މަތިންދާބޯޓުގެ ޙާދިސާގައި ސިފައިންގެ ހަ މީހަކު މަރުވެ އެކަކު ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް އެޤައުމުން ބުނެފި އެވެ.
އިންޑޮނީޝިޔާގެ ވައިގެ ސިފައިންގެ ތަރްޖަމާން އަސްމާން ޔޫނުސް ވިދާޅުވީ ސިފައިންނާއި ހަތިޔާރު އުފުލުމަށް ބޭނުންކުރާ މިބޯޓުން ދަތުރުކުރީ އޭގެ ޕައިލެޓުންނާއި ފަޅުވެރިން އެކަނި ކަމުގަ އެވެ. މިއީ އެމެރިކާގައި އުފައްދާފައިވާ ފޯކާ 27 މަރުކާގެ ޢަސްކަރީ ބޯޓެކެވެ. މިބޯޓު ވެއްޓުނީ ވެރިރަށް ޖަކާޓާގެ އިރުމަތީގައި ސިފައިންގެ ޢައިލާތައް ދިރިއުޅޭ އަވަށެއްގެ ޢިމާރާތެއްގައި ޖެހިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިބޯޓު ވެއްޓުނީ ސިފައިންގެ ޢައިލާތައް ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތުގެ އަށް ޢިމާރާތެއްގައި ޖެހުމަށްފަހު އެވެ. މި ބޯޓު ޖެހުނު ޢިމާރާތްތަކުގައި އެވަގުތު މީހުންއުޅޭކަން ނުވަތަ ނޫންކަން އިންޑޮނީޝިޔާ އިން ހާމަކޮށްދީފައެއް ނުވެ އެވެ. ވެއްޓުނުބޯޓު ދަތުރު ކުރަމުންދިޔައީ ޖަކާޓާގައިވާ ސިފައިންގެ ވައިގެ ޢަސްކަރީ ބޭހަކުން ފުރައިގެންނެވެ. (ރޮއިޓާސް)