ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ސ. ހިތަދޫ، ވެސްޓްބްރީޒް، އަލީ އުގައިލްގެ މައްޗަށް ކަމަވެ.

ފުލުހުން ބުނީ އުގައިލް ފުލުހުން ހައްޔަރު ކުރީ މާޗް 29 ވަނަ ދުވަހު އޭނާ ޓްރިވެންޑްރަމުން މާލެ އައި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ދިރުވާލައިގެން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހަައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރި އިރު އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ 76 ބްލެޓު ފެނިފައިވާ ކަމަށާއި އޭގެ ބަނރުދަނުގައި 414.9825 ގްރާމް ހުރި ކަމަށެވެ.