26 Jul 2024, 20:59
ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 100 މީޓަރުގެ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑް އުމުރުން 13 އަހަރުގެ އަމްނާ ތަޒްކިއާ މިރްސާދު އައުކޮށްފިއެވެ.
ތަޒްކިއާ މި ރެކޯޑު އައުކޮށްފައިވަނީ ސްރީ ލަންކާ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަކޮށްގެންނެވެ. ތަޒްކިޔާ މި ރެކޯޑު އައުކޮށްފައި ވަނީ 1:05:53 ސިކުންތުންނެވެ.
އެންމެ ފަހުން މި ރެކޯޑު ހަދާފައިވަނީ 2016 ވަނަ އަހަރު ބޭއްވި ރިއޯ އޮލިމްޕިކްސް ގޭމްސްގައެވެ. އެފަހަރު ސަޖަން ރޭސް ނިންމާފައިވަނީ 1:05:71 ސިކުންތުންނެވެ.
މީގެ އިތުރުން ސަޖަން ވަނީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑުވެސް އައުކޮށްފައެވެ. ސްރީ ލަންކާގެ ނޭޝަނަލް ޖޫނިއާ ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ތަޒްކިއާ އާކޮށްފައިވަނީ 2:51:26 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީފާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ފެތުންތެރިޔާ އައިޝަތު ސައުސަނެވެ. ސައުސަން އެ އިވެންޓު ނިންމާފައިވަނީ 2:53:55 ސިކުންތުންނެވެ.