26 Jul 2024, 14:54
"ކޮންމެ ދުވަހަކީވެސް ތައުބާވެ ރަގަޅު އަމަލުތައް ކުރުމަށް ލިބޭ ފުރުސަތެކެވެ. އަގުހުރި ވަގުތުތައް ބޭކާރުގޮތުގައި ނަގާނުލާ ސާލިހު އަމަލުތައް ކުރުމުގައި ހޭދަކުރާށެވެ."
***
"އަލް އަކަށް ނަސޭހަތެއް ނުދެވޭނެ...އެއީ އެއަށް ވުރެ މަތީ މީހެއް.... ކިޔަވަން ވެސް ބޭނުމެއް ނުވޭ..." ޒަވިޔާ ވާހަކަ ދެއްކީ ވަރަށް ފާޑަކަށެވެ.
" އައި ނޯ ހިމް.... އަލް ނުކުރާނެ ގޯސް ކަމެއް....ހީ ވޯކްސް....އަލް އެހެން މިހުން ކައިރީ ނުބުންޏަސް ހީ އިޒް ގުޑް އެޓް އައިޓީ ސްޓަފް...އެކަމުން ލާރި ހޯދާކަން އެނގެނީ....." އަލްބާން ގެ ދިފާއުގައި މަރްވާން ވާހަކަ ދެއްކިއެވެ. ޒަވިޔާ ގެ ވާހަކަ ހުރި ރާގުން އޭނާއަށް އުނދަގޫވީއެވެ.
"އާނ ތިއީ އަލް ގެ ސްޕޯކްސްޕާސަން.....ނޭނގޭ އަލް ވަރަށް ތަފާތު މިގޭގެ ކުދިންނާ...ކިޔަވަން ފުރުސަތު ވެސް އަބައޮތް އެކަމަކު...." ޒަވިޔާރު ހުރީ އެވާހަކަ ދޫކުރާގޮތަކަށް ނުނެވެ. އާސީނާވެސް ޒަވިޔާރު ދެއްކި ވާހަކ ތައް އަޑުއަހާފައި އަލްބާން އާއި މެދު ކަންބޮޑުވާ ކަން މޫނު މަތީން ހާމަ ވިއެވެ.
" އެ ދެން އެކި ކުދިން ތަފާތު ވާނެ...ނޮޓް އެވްރީވަން ވޯންޓްސް ޓު ބީ އަ ޑޮކްޓަރ ޒަވީ...." ކައިލް މަޖާވެފައި ހިނގަނޑެއް ޖަހައިލިއެވެ. ދަނީން ވެސް ބައިވެރިވެލިއެވެ. މާހައުލުގެ ސީރިޔަސްކަން ކަނޑުވާލަން ބޭނުންވެފައި ހުރި މަރްވާން ވެސް ވާހަކަ އެހެން މިސްރާބަކަށް ގެންދިޔައެވެ.
" އަހަދް ގެ މަންމަ މެން މާދަން އަންނަ ވާހަކަ ޒަހްރާއްތަ ބުނިތަ؟މާދަން ހެނދުނު އެމިހުން ބަލައި އެއަޕޯޓަށް ދާން ބުނި...." މަރްވާން ފޯނުން ގަޑި ބަލައިލިއެވެ. ކައިލް ގެ ލޯ ބޮޑުވިއެވެ. ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ.
"ތި ބުނީ...މިހާރު ސިމް އާއި ކައިވެނި ހަަމޖެހުނީތަ؟ވޯވް...މިގޭ އެންމެ އެލިޖަބަލް ޓޫ ބެޗަލާސް މިއޮތްގެން ގެއްލުނީ ނު..." އާސީނާ ތުންފަތަށް ވެރިވި ހިނތުންވުން ބޮޑުވިއެވެ. ޒަވިޔާރު ވަރަށް ފާޑަކަށް ބޯ ޖަހައިލީ މުރުތަސިމް ކައިވެނި ކުރުމުގެ ކަންތައް އެހާ ކުއްލި ގޮތަކަށް އަވަސްއަރުވާލާތީ ހިތް ހަމަނުޖެހިފައި ހުރއެވެ.
" ސިމް ވަރަށް ވިސްނާނުލާ ހެން ހީވަނީ....އަދި އެހާ ދުވަހެއް ވެސް ނުވެއެއްނު ފެނުނުތާވެސް...އެއީ ކޮން ކަހަލަ ކުއްޖެއް ކަމެއްވެސް އެނގެނީ އެއް ނޫންވިއްޔާ....އައި ޑޯންޓް ފީލް އިޓްސް ރައިޓް..." ޒަވިޔާރު ވާހަކަ ދެއްކީ ކައިލް ދެކޭ ގޮތް ހޯދުމަށް އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
" ޒަވީ...އެއީ ހަމަ ތަޤްދީރު...ރައްޓެހިވެގެން ދިހަ އަހަރުވާ އިރުވެސް ދެމީހުންގެ ގޮތް ދަސްނުވާ މީހުން އުޅޭ....މެރީ ކޮށްގެން ޑިވޯސް...މަންމަ މެން ޒަމާނުގަ ބަލާބަ ކިހާ ސަކްސެސްފުލް މެރިޖެސް....އެހެން ނޫނަސް މަންމަ ވަރަށް ގަޔާ ވާ ކުއްޖެއް އަހަދް އަކީ...އައި އޯލްސޯ ލައިކް ހަ....." މުރުތަސިމްގެ ދިފާއުގައި އާސީނާ ވާހަކަ ދެއްކިއެވެ. ކައިލް ހުރީ ބަސްހުއްޓިފައެވެ. ނައީމު އަށް އޭނަ ފެނުމުން ވާނެ ގޮތަކާއި މެދު ކަންބޮޑުވިއެވެ. އަދި އާސީނާ އަށް ހަގީގަތް ހާމަ ނުވަނީސް މިހާ އަވަހަށް ކަންތައްތައް ދިމާވުމުން އެކަމާ ހާސްވިއެވެ.
"އާން ތިކަން ގަބޫލު.....ރައްޓެހިވެގެން އުޅުން އެއީ އެހާ ރަނގަޅު ކަމެއް ނޫން...އަވަހަށް މެރީ ކުރަން ހިޔާލު ކުރަން ވާނީ....ދޯ ދަނީން...." ދަނީން އަށް ޖެއްސުން ކޮށްލަމުން ޒަވިޔާރު ވާހަކަ ދެއްކި ވަގުތު މަރްވާން ގެ މޫނުވެސް ރަތްވިއެވެ.
" ލުކް ހޫ އިޒް ޓޯކިން....ޒަވީ ވެސް ފަސް އަހަރު ކުރީއެއް ނޫން....." އާސީނާ ހިނިއައެވެ. މާހްޒަބީން ސިޑިން ފޭބި ވަގުތު އެ ކޮޓަރީގެ ހަލަބޮލި ވާހަކައިގެ ކުޑަ މިންވަރެއް އަޑު އިވި އެ ތަނަށް ވަނެވެ.
" ދެން އާންޓް އަށް ނިދުނަވެސް ނުދެޔޭ މި އަޑު ޕަޓާސް ކުދިންނާ ހެދި....." މާހްޒަބީން ވާހަކަ ދެއްކީ ހަމަ ޒަހްރާ ވާހަކަ ދައްކާ ރާގުގައެވެ. އާސީނާ ސިއްސައިގެން ދިޔައެވެ.
" އަޅެ މަންމަ ކަމަށް ހިކުރީ...." އާސީނާ ފަހަތަށް އެނބުރުނެވެ.
"ދެން އަވަހަށް ދޭ ނިދާލަން.....ނަސީބެއް މަންމަ އަށް ނޭނގޭކަން....އާންޓް ބަލިވީމަ ވެސް ވަރަށް ކަންބޮޑުވެފަ ހުރީ...މިރޭ ދެން ސޯފީވެސް ދޮންތަ ކައިރީ ބާއްވާ....އެ މަންޖެ އޮތީ ހަމަ ގަދަ ނިދީގަ...." މާހްޒަބީން އެދުނެވެ.
ކައިލް ބޯ ޖަހައިލަމުން ހިނގައިގަތީ އާސިނާ އާއި އެކުއެވެ.
"ވަރަށް ތަދުވޭތަ؟.އަދި މާދަން ދާނީ ދޯ ހޮސްޕިޓަލް އަށް...." އާސީނާ ކޮޓަރި ދޮރުހުޅުވަމުން އެހިއެވެ.
"ވެއިޓް...." ކައިލް އޭނާ ގެ އަތުގައި ހިފިއެވެ. ބުނަން ބެނުންވި ނަމަވެސް އާސީނާ ގެ މޫނު ފެނި އެ ވާހަކަ ދައްކަން ފަސް ޖެހެވުނެވެ. ބުމަ އަރުވާލަމުން ހިނިތުންވެލި އާސީނާ އަށް ކައިލް ގެ މޫނު މަތި ކިޔާލެވުނެވެ.
"ޑޯންޓް ވޮރީ.....އައި ފޮގިވް ޔޫ...އެކަމު ރިޕީޓް ވެއްޖިއްޔާ ވަރަށް ރުޅި..." ތުން ދަމާލަމުން ފަހު ތަންކޮޅު ބުނެލި އިރު ސޯފީ ވާހަކަ ދައްކާގޮތާއި ވަރަށް ވައްތަރެވެ. ކައިލް ހިނިތުންވެލި ނަމަވެސް ހިތު ތެރޭގައި އޮތް ބިރުވެރިކަމެއް ނުފިލައެވެ. ދުވަސް ތައް މިހާ އަވަހަށް ފާއިތުވެދާނެ ކަމަކަށް އޭނާ އުއްމީދެއްނުކުރެއެވެ. އާސިނާ އަށް ހަގީގަތް ފަޅާ އެރުމުގެ ކުރީން އަލްބާން އާއި ވާހަކަ ދައްކާލުމަށް ސިކުނޑީަގއި ރާވާ ލެވުނެވެ. މައްސަލައިގެ ގޮތުން އެ ވާހަކަ ހިއްސާކުރެވޭނޭ އެހެން މީހެއް އަލްބާން ނޫނީ ނެތް ކަން އޭނާއަށް އެނގެއެވެ.
***
ފަޖުރުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނު އިރުވެސް އަހަދްގެ ލޮލަށް ނިންޖެއް ނައެވެ. ނަމާދު ކޮށް ނިމުނު ތަނާ އައްޒަހްރާ އެ ދޮރުގައި ޓަކި ޖެހިއެވެ. އެއިރުވެސް ޖޫރީ ގެ މަޑު ނޭވާގެ އަޑު އެހިމޭންކަމުގެ ތެރެއިން އިވެއެވެ.
"ޖޫރީ....މިހާރު އިރު އަރާ ގަޑީ ޖެހެނީ....." އައްޒަހްރާ ކޮޓަރިއަށް ވަދެ ޖޫރީ އަށް ގޮވިއެވެ. އަދި އަހެދް ނަމާދަށް ހޭލައި އުޅޭކަން އެނގުމުން އެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. ޖޫރީ ލޯ އުނގުޅަމުން ފާހަނާ އަށް ވަނެވެ. އެވަގުތު އައްޒަހްރާ އަހެދް ގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެލިއެވެ. އޭނާގެ ކޮޓަރިއާއި ހަމަވީއިރު މުރުތަސިމް ވެސް ޔުނިފޯމުގައި ހުރީ އިންތިޒާރުގައެވެ. ދެންމެ ގެއަށް އައީ ކަން ވިސްނުނެވެ.
" މަންމަ ތި ދެކުދިން ހާއްސަ ކޮށް މިވަގުތު މިގެނައީ ހަމަޖެހިލައި ވާހަކަ ދައްކާލަން ވެގެން....އަދި ވަރަށް ޚާއްސަ އެއްޗެއް ދިނުމަށް...."އޭނަ ފޮށި ތެރެއިން ދެ އަނގޮޓި ނެގުމަށް ފަހު ދައްކާލިއެވެ.
"ތިއީ ބައްޕަގެ އަނގޮޓި އެއްނު....." މުރުތަސިމް އަށް ފާހަގަވިއެވެ. އަހެދް ގެ ލޯ ހުއްޓިފައި ހުރީ ރަތް ރޫބީ އަނގޮޓިއަށެވެ. އޭގެ ޑިޒައިންވެސް އެހާ ރީއްޗެވެ. އެއީ ޝާޚިރު އައްޒަހްރާ އަށް ހަދިޔާ ކުރި އޭނާގެ އަމިއްލަ އަތުން ހަދާފައި އޮތް އަނގޮޓިއެކެވެ. މުރުތަސިމް އަށް އޭގެ ޚާއްސަކަން އެނގި އޭނާގެ މަންމަ އަށް ބަލައިލެވުނީ ލޯބިން ފުރިފައިވީ ބެލުމަކުންނެވެ.
" ބައްޕަ އަބަދުވެސް ބުނާނެ...މި އަނގޮޓި މުރުތަސިމް އަށް ދިނުމަށް...އެއީ އެއްވެސް ގޮތަކަށް އެހެން ކުދިންނާއި ތަފާތު ކުރުމަކަށް ނޫން...އެއީ ދަރިފުޅު ކުޑައިރު ޖަވާހިރު ވިޔަފާރިތެރޭގައި އެހާ ގަޔާވެގެން އުޅުނީމަ...އެހެން ކުދިންނަށްވެސް ޚާއްސަ ގަހަނާތަކެއް ބައްޕަ ހަދިޔާ ކުރި އެކަމަކު މިއީ ހަމަ ސިމް އަށް ހާއްސަ ކޮށް...." އައްޒަހްރާ މާޒީގެ ފޮނި ހަނދާންތައް އާކޮށްލިއެވެ.
"އެކަމަކު...." މުރުތަސިމް އެ އަތުލަން ލަދުވެގަންނަގޮތްވިއެވެ. އަހެދް އެއްޗެއް ނުބުނެ ހުއްޓަސް އެ އަނގޮޓި އިނގިލީގައި އަޅާލުމަށް ކެތް މަދުވިއެވެ. އައްޒަހްރާ އަހެދް ގެ އަތްތިލައިގާ ހިފަހައްޓާފައި އެ ރޫބީ އަނގޮޓި އަލުވާލަދިނީ ވަރަށް ލޯބިންނެވެ.
" އަހެދް އަށް މި އަނގޮޓި މިދެނީ ވަރަށް ލޯބިން....މިއީ އަހަރެންގެ އަތުގައި އޮތް ވަރަށް އަގުހުރި އެއޗެއް...އެއީ މީގެ އަގަކު ނޫން...މިއަށް ދެވިފައި ވާ އަހަތްމިއްޔަތުގެ ސަބަބުން....މި ލޯބީގެ އަގުވަޒަން ކުރާން ކަމުގެ އުންމީދުގައި...." އައްޒަހްރާ ގެ ލޮލުން ކަރުނަ ހިލިއެވެ. އަދި މުރުތަސިމް ގެ އަނގޮޓި އަހެދް އަތަސށް ދިނީ މުރުތަސިމް ގެ އަތުގައި އެޅުވުމަށް އެދެމުންނެވެ. ދޮރުގައި އެވަގުތު ޓަކި ޖަހާލުމާއެކު ހުޅުވާލީ ސަކީނާއެވެ. އޭނާގެ މޫނު މަތީން ވަރުބަލިކަން ފެންނަ ހުރި ނަމަވެސް ގެއަށް ދިޔުމުގެ ކުރިން އައްޒަހްރާއަށް ގޮވާލަން އައީއެވެ.
"ޔާ ރައްބީ....ތި އަނގޮޓި ތި ދިނީ ތަ؟" ސަކީނާ ގެ މޫނު މައްޗަށް ތާޒާ ކަމެއް ވެރިވިއެވެ. އަހެދް ފޮނި ވެލާފައި ހުރި ނަމަވެސް މޫނު މަތީން އެކަން ހާމަ ނުކުރެއެވެ. ރަކި ހިނިތުންވުމެއގަިއ އިސް ޖަހާލައިގެން ހުރި އިރު މުރުތަސިމް ގެ ލޯ ހުރީ އަހެދް ގެ މޫނާއި ވަކިނުވެއެވެ. އައްޒަހްރާ ސަކީނާގެ އަތުގައި ހިފަިއގެން ބޭރަށް ޖެހެލީ އަހެދް އާއި މުރުތަސިމްއަށް ވާހަކަ ދައްކާނޭ ފުރުސަތު ދެމުންނެވެ.
" ޔޫ މަސްޓް ބީ އަ ވެރީ ސްޕެޝަލް ގާލް...." މުރުތަސިމް ގެ ޖުމްލައިން އަހެދް ގެ ކޯތާފަތް ރަތްވިއެވެ. ދެ އަތް ދެއަތާ މޮޑެލަން އިނީ ހަގީގަތުގައިވެސް ކިޔާނެ އެއްޗެއް ނޭނގިފަ އެވެ. އެވަގުތު ފޯނަށް ކޯލެއް އައެވެ. އަދީނާ ގެ ނަންބަރެވެ. އަހެދް އަށް ތެދުވެވުނީ ސިހިފައެވެ.
"ކަމެއް ގޯސް ވީތަ؟" މުރުތަސިމް ހުރީ ޖަވާބަކަށް އިންތިޒާރުގައެވެ. ވީނުވީ އެއް ނޭނގިފައެވެ.
"އެއީ މަންމަ....ނައީމު ބެ އާއި ދެމިހުން އައީ ކަންނޭނގެ...."އުދަގޫ ހިނތުންވުމަކާއި އެކު އަހެދް ބުނެލިއެވެ. މުރުތަސިމް އަވަހަށް ތެދުވުނީ އެމީހުންނާއި ބައްދަލުކުރުމަށް އޭނާވެސް ތައްޔާރުވެލަން ޖެހޭނެތީއެވެ.
" އަހެދް ގެ ފެމިލީ ދޯ....ހޭވް ޓު މޭކް އަ ގުޑް ފަސްޓް އިމްޕްރެޝަން..." މުރުތަސިމް ވިސްނާލީ އަދީނާ އާއި ނައީމު އަށް ދޭނެ ހަދިޔާއަކާއި މެދުއެވެ.
"އަޅެ...ބާބް ވެސް ނެތް ފެންނާކަށް...ބަލި ވީ ކަންނޭނގެ...އަދީނާ މެން ބަލައި މަރްވާން ގޮއްސި މިހާރު....ދަރިފުޅު ދޯ އަސްލު ދާންވާނީ...." އައްޒަހްރާ އަވަސްވެލާފައި ވާހަކަ ދެއްކީ އެއްވެސް ކަމެއް ތައްޔާރު ނުވެ ހުރީމައެވެ.
"ނޫނޭ...އެ އޯކޭ ވާނެ...ސިމް ވަރަށް ވަރުބަލިވެސް ވެފަ އެއް ނު ހުންނާނީ....މަންމަ މެންނަށް އޯކޭ ވާނެ ކޮންމެ އެއްޗެއް ވެސް..." އަހެދް ވާހަކަ ދެއްކިއެވެ.
"ސުބްޙާނައްﷲ....ތިގޮތަށް ބުނަން ހެޔޮނުވާނެ...އެންމެ ފުރިހަމަ ކޮށް ކަންތައްތައް ހުންނަން ވާނީ.....އަހެދް ގެ އާއިލާ އަކީ މިހާރު އަހަރުމެންގެ ވެސް އާއިލާ..." އައްޒަހްރާ ބާބިލް އަށް ގުޅުމަށް އަވަސްވެލިއެވެ.
ނުނިމޭ