26 Jul 2024, 13:13
މިއަދު ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑް ފަސްކުރުމުން ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ.
މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑް އޮންނާތީ، މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން އިއްޔެ މަނާކުރިއެވެ.
އެކަމަކު، މޫސުން ތަން ނުދޭތީ، ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ވަނީ މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑް އެހެން ތާރީޚަކަށް ފަސްކޮށްފައެވެ.
އެ ކަމާ މާލެ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާވާ ކަމަށެވެ.
މިނިވަން ދުވަހާއި މި ގޮތަށް ކުލަ ގަދަކޮން ފާހަކުރެވޭ ދުވަސްތަކުގެ ހަވީރު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވޭ ގަޑިތައް ސަރުކާރުން އަބަދު ވެސް ކަނޑައަޅައެވެ.
މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑް ފަސްކުރީ އަންނަ ހުކުރު ދުވަހަށެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ފުޅަނދު ބުރާއި އެކި ހަރަކާތްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގުތިޞާދީ ހާލަތު އޮތް ގޮތުން މުނާސަބަތުތަކުގައި ބާއްވާ ހަފުލާތައް ނުބޭއްވުމަށް ނިންމާފައެވެ.