21 Jun 2012, 15:55
ރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގުގެ 2G ނެޓްވޯކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދިރާގް މޯބައިލް ހިދުމަތަށް މިއަދު ހެނދުނު ބުރޫއަރައިފި އެވެ.
ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް މިއަދު ވިދާޅުވީ އެމައްސަލަ ދިމާވި 2G މޯބައިލް ބޭސް ސްޓޭޝަން ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި އެކަމުގެ ސަބަބުން ބުރޫއެރީ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކަމަށެވެ.
"އެމައްސަލަ ހައްލުކުރުމަށްޓަކައި ދިރާގުގެ އިންޖިނިއަރުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އިރާދަކުރެއްވިއްޔާ މިއަދު ގެ ވަގުތެއްގައި އެމައްސަލަ ހައްލުކޮށް ހިދުމަތްދެވޭ ވަރުވާނެ" އިމްޖާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު މާލެ ވިލިގިއްޔާއި ހުޅުމާލެއާއި މާލެއަށް އެމައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.