21 Jun 2012, 15:46
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދި، ކޮންޓެކްޓް ޕާސަންއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ދ. ބަނޑިދޫ ލަކީސްޓާ، މުހައްމަދު އުމަރު ކަމަށެވެ.
ފުއާދު ވިދާޅުވީ އެމްޑީއޭ އުފެއްދުމުގެ ހުއްދަ އަށް އެދިފައި ވަނީ 86 މެންބަރުންގެ ސޮޔާ އެކު ކަމަށާއި އެ ކޮމިޝަނުން ބެލުމަށް ފަހު ތިން ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިފައިވާ ފަރާތަށް އެ ކޮމިޝަނުން ޖަވާބެއް ދޭނެ ކަމަށެވެ.
"ތިން ދުވަސް ނަގާނެ އެ ފޯމްތައް ޗެކްކޮށް ބަލަން ޖެހޭ ކަންތައް ބެލުމަށް. މި 86 ފޯމްގެ ތެރެއިން 50 ފޯމް ސައްހަކަމަށްވާ ނަމަ ބަންދު ނޫން ތިން ދުވަސް ތެރޭގައި ޖަވާބެއް އަރުވާނަން އިތުރަށް ހަމަ ކުރަން ޖެހޭ ސޮއި ހުށަހެޅުމަށް،" ފުއާދު ވިދާޅުވި އެވެ.
އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދެން ޖެހެނީ 50 މެންބަރުންގެ ސޮޔާ އެކުގަ އެވެ.