25 Jul 2024, 14:44
މަޔޯޕިއާ ނުވަތަ ދުރުނުސާފުވާ ބައްޔަކީ އާބާދީގައި އިތުރުވަމުން އަންނަ ބައްޔެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި 2050ގެ ނިޔަލަށް، މަޔޯޕިއާ ހުންނަ މީހުންގެ އަދަދު ފަސް ބިލިއަނަށް އަރާނެއެވެ.
މަޔޯޕިއާ ހުންނަ ކުޑަކުދިންގެ އަދަދު ވެސް އިތުރުވަމުން އަންނައިރު، މި ބަލި ހުންނަ 10 އަހަރުން ދަށުގެ ކުދިންގެ ލޮލުގެ ހާލަތު ގޯސްވާ މިންވަރު މާ އަވަސް ކަމަށް ސިއްހީ ލަފާދޭ ފަރާތްތަކުން ބުނެއެވެ. މަޔޯޕިއާއަށް ފަރުވާ ނުކޮށް ގިނަ ދުވަސްވާ ނަމަ ލޮލުގެ ފެނުމަށް ދާއިމީ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ. ނަމަވެސް އެއީ ހައްލު ކުރެވޭނެ މައްސަލައެކެވެ.
އައިކެއަރ އޮޕްޓިކަލްސްއިންވަނީ ކުޑަކުދިންނަށް ހާއްސަ ލެންސެއްކަމަކަށްވާ 'މަޔޯސްމާޓް ލެންސް' ތައާރަފުކޮށްފައެވެ. މި ލެންސަކީ ޖަޕާނުގެ ހޯޔާ ކުންފުނިން މަޔޯޕިއާ ހުންނަ ކުދިންގެ ލޮލުގެ ހާލަތު ގޯސްވިޔަ ނުދީ، ފެނުމުގެ ހިއްސު ރައްކާތެރިކޮށްދޭ އައިނު ލެންސެކެވެ.
އެ ލެންސްގައި ބޭނުންކުރަނީ ޑީފޯކަސް އިންކޯޕަރޭޓެޑް މަލްޓިޕްލް ސެގްމެންޓްސް (ޑިމްސް) ކިޔާ ޓެކްނޮލޮޖީއެކެވެ. މި ލެންސްއިން ކުއްޖާއަށް ދުރު ފެނުން ޔަގީންކޮށްދިނުމުގެ އިތުރުން، ލެންސްގައި ހުންނަ 'ޓްރީޓްމެންޓް އޭރިއާ'އިން މަޔޯޕިއާ އިތުރަށް ގޯސްވުން ހުއްޓުވައިދެއެވެ.
ހޯޔާ ކުންފުނިން އެ ޓެކްނޮލޮޖީ ތަރައްގީ ކޮށްފައިވަނީ 2014 ވަނަ އަހަރު، ހޮންކޮންގް ޕޮލިޓެކްނިކް ޔުނިވާސިޓީއާ ގުޅިގެންނެވެ.
ދެހާސް އަށާރަ ވަނަ އަހަރު މަޔޯސްމާޓް ލެންސްއަށް ވަނީ، ސްވިޒަލޭންޑްގެ ޖެނީވާގައި އޮތް އިންޓަނޭޝަނަލް އެގްޒިބިޝަން އޮފް އިންވެންޝަންސްއިން ގޯލްޑް ޕްރައިޒް، ގްރޭންޑް އެވޯޑް އަދި ސްޕެޝަލް ގޯލްޑް އެވޯޑް ލިބިފައެވެ. އަދި 2020 ވަނަ އަހަރުގެ ސިލްމޯ ޕެރިސް އޮޕްޓިކަލް ފެޔާގެ ވިޝަން ކެޓެގަރީން ސިލްމޯ ޑޯ އެވޯޑް ވެސް ލިބުނީ މަޔޯސްމާޓް ލެންސަށެވެ.
މަޔޯސްމާޓް ލެންސްގެ ކާމިޔާބީގެ އެއް ސަބަބަކީ، އޭގެ ބޭނުންތެރިކަން ސާބިތުކޮށްދޭ، ދިގު މުއްދަތުގެ ދިރާސާތައް ހަދައިފައިވުމެވެ. އެގޮތުން ކުޑަކުދިން މަޔޯޕިއާ ލެންސް އަޅައިފައިވާ އައިނު ބޭނުންކުރުމުން އަންނަ ބަދަލުތައް ބެލުމަށް ތިން އަހަރާއި ހަ އަހަރަށް ދެމިގެންދިޔަ ދިރާސާތައް ވެސް ހަދައިފައިވެއެވެ.
އައިކެއަރ އިން ބުނިގޮތުގައި މަޔޯޕިޔާ ހުންނަ ކުދިންނަށް މިލެންސާއެކު މިހާރު އައިކެއަރ ފިހާރަތަކުން އައިނު ހެއްދޭނެއެވެ. އަދި މަޔޯސްމާޓް ލެންސްތައް ކޮންމެ ޑިޒައިނެއްގެ ފްރޭމެއްގައި ވެސް ބޭނުންކުރެވޭނެކަން ފާހަގަކުރިއެވެ.