23 Jul 2024, 21:38
ބައިނަލްއަގުވާމީ ތެވެލި ކޮންފަރެންސަށް މިފަހަރު 206 ކަރުދާސް ލިބި، އެއީ އާ ރެކޯޑެއް ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން ބުނެފިއެވެ.
އެމްއެންޔޫއިން ބުނީ "އެކްސްޕްލޯރިން ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" ތީމްގެ ދަށުން އަންނަ މަހު 19އިން 20އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ތެވެލި ކޮންފަރެންސަށްއަށް 206 ކަރުދާސް ލިބިފައިވާ ކަމަށެވެ.
އެ ޔުނިވާސިޓީން ބުނީ، މިދިޔަ މެއި މަހުގެ 31ގައި މުއްދަތު ހަމަވިއިރު ޖުމްލަ 186 ކަރުދާހެއް ބަލައިގެންފައިވާ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ އެކި ފަރާތްތަކުން 142 ކަރުދާސް އަދި ބައިނަލްއަގުވާމީ އެކި ފަރާތްތަކުން 44 ކަރުދާސް ހުށަހަޅާފައިވެއެވެ. މިއީ މިހާތަނަށް ބޭއްވި ތެވެލި ކޮންފަރެސްތަކުގައި ހުށަހަޅާފައިވާ ކަރުދާސްތަކުގެ އަދަދަށް ބަލާއިރު ރެކޯޑް އަދަދެއްކަން އެމްއެމްޔޫއިން ފާހަގަކުރެއެވެ.

ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް 2023ގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ގައުމީ ޔުނިވާސިޓީއިން ބުނާ ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާމި ކޮންފަރެންސްގެ މަގުސަދަކީ، ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކާއި ދިވެހިރާއްޖެއާއ،ި ބައިނަލްއަގުވާމީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެ ފަރާތްތަކުގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެ ހޯދުންތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ޕްލެޓްފޯމެއް ފަހިކޮށްދިނުމެވެ.
ޕޭޕާ ޕްރެޒެންޓޭޝަން އަދި ކީ ނޯޓް ސްޕީޗްތައް އެކުލެވޭގޮތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ ގައުމީ ޔުނިވާސިޓީއިން ކޮންމެ އަހަރަކު ވެސް ވަރަށް މުހިންމު އިވެންޓެއްގެ ގޮތުގައި ޚާއްސަ ސަމާލުކަމެއް ދީގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސަށް 13 ތީމަކަށް ކަރުދާސް ހުށަހަޅުމުގެ ފުރުސަތު ހުޅުވާފައިވެއެވެ. އެ ތީމްތަކަކީ:
ޕަބްލިކް ހެލްތް ސްޓްރެޓަޖީސް އިންފޯމްޑް ބައި މަލްޓިޑިސިޕްލިނަރީ ރިސާޗް
- ކްރޮސް ޑިސިޕްލިނަރީ ޕެޑަގޮޖީ އެންޑް ލާނިން
- ސްޓްރެޓަޖީސް، ކޮލަބޮރޭޝަން އިން ޓެކްނޮލޮޖިކަލް އިނޮވޭޝަން
- އިނޮވޭޝަން އެންޑް އެންޓަޕްރެނާޝިޕް އެކްރޮސް ޑިސިޕްލިންސް
- އެޕްރޯޗަސް ޓު ސަސްޓެއިނެބަލް އެގްރިކަލްޗާ އެންޑް ފިޝަރީޒް
- ސޮލިއުޝަންސް ފޯ ސަސްޓެއިނެބަލް ބިލްޑް އެންވަޔަރަންމަންޓް
- ޕާސްޕެކްޓިވްސް އޮން ލީގަލް އިނޮވޭޝަން އެންޑް ރިފޯމް
- ކޮލަބޮރޭޝަން އިން އާޓްސް އެންޑް ހިއުމަނިޓީސް ރިސާޗް
- ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމަންޓް ތްރޫ ކޮލަބޮރޭޝަން
- އިންޓަގްރޭޓިވް ހެލްތްކެއާ އެޕްރޯޗެސް
- ސޮލިއުޝަންސް ފޯ ސަސްޓެއިނަބަލް އެންވަޔަރަންމަންޓް ސަސްޓެއިނެބިލިޓީ
- ސައެންޓިފިކް ނޮލެޖް ފޯ ޓޭންޖިބަލް އައުޓްކަމްސް
- އޯޝަން އެންޑް މެރިޓައިމް މެނޭޖްމަންޓް

ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް 2023ގެ ތެރެއިން -- ފޮޓޯ/ ރައޯސް އޮފީސް
ދިވެހިރާއްޖެއާއ،ި ބައިނަލްއަގުވާމީ ފަރާތްތަކުން ބޮޑު ތަރުހީބެއް ކޮންމެ އަހަރަކު ވެސް ލިބޭ މި ކޮންފަރެންސްގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ހުށަހަޅާ ޕޭޕަރުތަކުގެ ތެރެއިން "އައުޓް ސްޓޭންޑިން ޕޭޕާ އޮފް ދަ ކޮންފަރެންސް" އަދި "އާލީ ކެރިއާ ރިސާޗާ"، މި އެވޯޑު ހޮވުން އޮންނާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މިއެވޯޑުތައް ހޮވުމުގައި ބަލާނެ މިންގަނޑުތައް އަދި އެއާއި
ގުޅޭ އިތުރު މަޢުލޫމާތުއެމްއެންޔޫގެ "ތެވެލި 2024" ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.
އެ ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީ ވުމުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ހުޅުވިފައިވާއިރު ގިނަ ފަރާތްތަކެއް މިހާރު ވެސްރެޖިސްޓަރޭޝަން ލިންކުމެދުވެރިކޮށް ރެޖިސްޓާ ވަމުންދާ ކަމަށް ގައުމީ ޔުނިވަސިޓީން ބުނެއެވެ.
އެމްއެންޔޫއިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ކޮންފަރެންސަށް ވެސް އާންމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.