ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީއާ ވާދަ ކުރަން ޖެހުމުން އެއީ ފަސޭހަ މެޗަކަށްނުވާނެ ކަމަށް އިނގިރޭސި ގައުމީ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

"އެންމެން ވެސް ބުނަނީ އަހަރުމެން ސްޕޭނާ ވާދަކުރަން ޖެހުމުން ދުރުވެގެންފިއޭ. އެކަމަކު އަހަރެން އިޓަލީ އަންޑައެސްޓިމޭޓް ނުކުރަން. އެއީ ފަސޭހަ މެޗަކަށްނުވާނެ. ސްޕޭނަކީ ވެސް ވަރަށް މޮޅު ޓީމެއް. އަހަރުމެންގެ ބޭނުމަކީ ފުރަތަމަ ބުރުން ގްރޫޕުގެ އެއްވަނަ ހޯދުން،" ޔުކްރޭން އަތުން އިނގިރޭސިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާ ބުންޏެވެ.

އިނގިރޭސި ގޯލްކީޕަރު ޖޯހާޓް ބުނީ އިޓަލީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އިނގިރޭސިން އަތުން އިޓަލީ ބަލިވާނެ ކަމަށް ހީނުކުރުމަށެވެ. އަދި ގްރޫޕުގެ އެއްވަނަ ލިބުމުން އިޓަލީއާމެދު ވިސްނުމުގެ ބޭނުމެއް ނެތް ކަމަށާއި އެމީހުން ވިސްނަނީ ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ކަމަށެވެ.