21 Jun 2012, 12:13
ދިރާގު ދިވެހި ލީގުގެ ކުރިއަށްހުރި މެޗުތަކަށް ތައްޔާރުވުމަށް އީގަލްސް އައްޑޫގައި ކޭމްޕް ކޮށްފި އެވެ.
ހަފުތާއެއްގެ މުއްދަތަށް އިއްޔެއިން ފެށިގެން ކޭމްޕް ކުރި ޓިމުގެ ހެޑް ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ދަތުރުގެ ބޭނުމަކީ ކުޅުންތެރިންގެ ގުޅުން ރަނގަޅުކޮށް ޓީމަށް އިތުރު ތަޖުރިބާ ހޯދައިދިނުން ކަމަށެވެ.
އީގަލްސް ޓީމު އައްޑޫގައި ތިބޭއިރު އެސިޓީގެ ހަތަރު ޓީމަކާއެކު މެޗުތަކެއް ވެސް ކުޅޭނެ އެވެ. އަދި މި މެޗުތަކުން ފާހަގަ ކުރެވޭ ކުޅުންތެރިންނަށް އީގަލްސްއާއެކު ފަރިތަކުރަން ވެސް ފުރުސަތުދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ދިރާގު ދިވެހި ލީގުގައި މިހާތަނަށް އަށް މެޗު ކުޅެނިމުނު އިރު އީގަލްސްއޮތީ ހަތަރުވަނާގަ އެވެ.