ދެވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ޓީމް އިވެންޓުގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

މުބާރާތުގެ ފިރިހެން ޓީމު އިވެންޓުގެ ފައިނަލަށް އެއްކޮޅުން ހޮވިފައި ވަނީ ސެމީ ފައިނަލްގައި އެސްޓީއޯ ބަލިކުރުމަށް ފަހު އެމްއެންޑީއެފްގެ ޓީމެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މޯލްޑިވްސް ޕޮލިސް ސާވިސް ބަލިކުރުމަށް ފަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

މުބާރާތުގުގެ އަންހެން ޓީމު އިވެންޓުގެ ފައިނަލަށް އެއްކޮޅުން ހޮވިފައި ވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެމްއެންޑީއެފް ބަލިކުރުމަށް ފަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަޒް ބަލިކުރުމަށް ފަހު މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަޖީ އެވެ.

ޓީމު އިވެންޓުގެ ފައިނަލްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ކެރަމް ހޯލުގަ އެވެ.